އިބްތިހާލް މަންމަގެ ބަންދަށް 15 ދުވަސް

ވ. ފުލިދޫ، ވައިޖެހޭގެ، މުހައްމަދު އިބްތިހާލް ނިޔާވި މައްސަލައާގުޅިގެން ހައްޔަރުކުރި އެ ކުއްޖާގެ މަންމަގެ ބަންދަށް 15 ދުވަސް ދީފިއެވެ. ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 26 އަހަރުގެ އަންހ...

30 Jan 2015 | 14:51

ވ. ފުލިދޫ، ވައިޖެހޭގެ، މުހައްމަދު އިބްތިހާލް ނިޔާވި މައްސަލައާގުޅިގެން ހައްޔަރުކުރި އެ ކުއްޖާގެ މަންމަގެ ބަންދަށް 15 ދުވަސް ދީފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 26 އަހަރުގެ އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ފެބްރުއަރީ 14 ވަނަ ދުވަހު ކަމަށެވެ.

މުޙައްމަދު އިބްތިހާލް ނިޔާވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2015 ޖެނުއަރީ 28 ވަނަ ދުވަހުގެ މެންދުރު 12:10 ހާއިރު ވ. ރަކީދޫ ކައުންސިލްގެ ފަރާތުންނެވެ. 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މުޙައްމަދު އިބްތިހާލްގެ ހަށިގަނޑު މާލެ ނެސް ވަނީ އިތުރު ތަހުލީލުތަކެއް ކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ގުޅިގެން އެކުލަވާލާފައިވާ ޚާއްޞަ ތަޙުޤީޤު ޓީމަކުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް