ކުއްތާ ސްކޮޑްގައި މަސައްކަތްކުރަން ޝައުގުވެރިކަން ފާޅުކުރި ފުލުހުންނަށް މައުލޫމާތު ދީފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ބޭނުންކުރުމަށް ފުލުހުންގެ ތެރޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފާރަގެމަ ނުވަތަ ކޭ ނައިން ސްކޮޑުގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން...

30 Jan 2015 | 12:08

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ބޭނުންކުރުމަށް ފުލުހުންގެ ތެރޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފާރަގެމަ ނުވަތަ ކޭ ނައިން ސްކޮޑުގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލާފައިވާ ފުލުހުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު އިސްކަންދަރު ބިލްޑިންގގައި ފެށި މި ސެޝަންގައ މަޢުލޫމާތު ދީފައިވަނީ ފާރަގެމަ އުފެއްދުމުގެ މަޤުޞަދާއި މަސައްކަތްތަކާއި ބެހޭގޮތުންނާއި މަސައްކަތްކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ބެހޭގޮތުންނާއި ޑިއުޓީތައް ހަމަޖެހިފައިވާ ގޮތްތަކާ ބެހޭގޮތުން ކަމަށެވެ. އަދި ކޭނައިން ސްކޮޑްގައި ހިމެނޭ ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ ތަމްރީނުތަކުގެ އިތުރުން ކުއްތާތައް ގެންގުޅުމުގައި ސަމާލުކަން ދޭންވާނެ ކަންތައްތަކާއި ކޭ ނައިން ސްކޮޑް ބޭނުންކުރަމުންދާނެ ދާއިރާތަކާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށްބުނީ މި ސެޝަންގައި މަޢުލޫމާތު ދެއްވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ އޮޕަރޭޝަންސް ޔުނިޓްގެ ހެޑް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖުނީ ޝުޢައިބު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް