ﷲ ގެ ޝިޢާރުތަކަށް ފުރައްސާރަ ކުރާ މީހުން އެކަލާނގެ ހަލާކު ކުރައްވާނެ: ޝައިޚް ސިނާން

ﷲ ގެ ޝިޢާރުތަކަށް ފުރައްސާރަކޮށް އެ ޝިޢާރުތައް ހަލާކު ކުރަން މަސައްކަތްކުރާ މީހުން، އެކަލާނގެ ހަލާކު ކުރައްވާނެކަމަށް އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ. ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ފުރ...

29 May 2017 | 05:12

ﷲ ގެ ޝިޢާރުތަކަށް ފުރައްސާރަކޮށް އެ ޝިޢާރުތައް ހަލާކު ކުރަން މަސައްކަތްކުރާ މީހުން، އެކަލާނގެ ހަލާކު ކުރައްވާނެކަމަށް އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ފުރުޤާން މިސްކިތުގައި އިއްޔެ ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ސިނާން ވިދާޅުވީ ﷲ ގެ ޝިޢާރުތައް މަތިވެރިކުރުން އެއީ ތަޤުވާގެ ތެރެއިންވާ ކަމެއްކަމަށާއި އެކަންވަނީ ﷲ ގެ ފޮތުގައި ބަޔާންކުރައްވާފައިކަމަށެވެ.

'ދަލާއިލް' ގެ ނަމުގައި ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައި ކުރިއަށްދާ ސިލްސިލާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި ﷲ ގެ ދީނަށް ފުރައްސާރަކުރާ މީހުންނަށް މުހުލަތު ދެއްވާފައި އެވަނީ ވަކި ވަގުތެއް ޖެހެންދެންކަމަށާއި އެއްވެސް މީހަކު ނެތްކަމުގައިވިޔަސް އެ އިލާހުގެ ދީން އެ އިލާހު ހިމާޔަތް ކުރައްވާނެކަމަށެވެ.

"އަޅުގަނޑުމެން އިންސާނުންގެ ބާރަކީ ކިތަންމެ ވަރުގަދަ ބާރެއްކަމުގައިވީނަމަވެސް ﷲ ގެ އާރާއި ބާރަށް ގޮން ޖަހައެއް ނުލެވޭނެ. މިއަދު ސޯޝަލްމީޑިއާގައާއި އެނޫންވެސް ގޮތްގޮތުން ﷲ ގެ ދީނަށް ފުރައްސާރަ ކުރާމީހުން އެމީހުންގެ ޙަޔާތުގައި ދެރަ ނިކަމެތިކަން އިޙްސާސް ކުރަން ޖެހޭނެ. އެކަން އަޅުގަނޑުމެންނަށްދަނީ ފެންނަމުން." އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް