ތިން ފުޅި ބަނގުރަލާއެކު މަޖީދީމަގުން ޒުވާނަކު މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިފަދަ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގދ. ގައްދޫ، ރެޑްމާގޭ، އުމުރުން 33 އަހަރުގެ މުހައްމަދު އަޒްހަމް ސައީދެވެ.
ފުލުހުން ބުނެފައިވަނީ މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިރޭ މާލޭ މަޖީދީމަގުން އޭނާ ހުއްޓުވައި ބަލާ ފާސްކޮށް ބަނގުރަލާއެކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ.
އަޒްހަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޭނާ ދުއްވި ސައިކަލު ބަލާ ފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނުމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް