އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ)ގެ ގެ ފުލުހުން ބަލައި ފާސްކުރި ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތަކެތި ކަމަށްބުނެ ދައުރުކުރަމުންދާ ފޮޓޯތަކަކީ އެ މައްސަލައާއި ގުޅުންހުރި ފޮޓޯތަކެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
ރޮލެކްސް ގަޑިތަކަކާއި އަގުބޮޑު ދަބަސްތަކަކާއި އަދިވެސް އެހެނިހެން ބައެއް ލަގްޒޫރިއަސް ތަކެތި ފެންނަހެން މިއަދު އަންނަނީ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުކުރަމުންނެވެ. އެ ފޮޓޯތައް ދައުރުކުރަމުން އަންނަ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ މޫކޭގެ ގެއިން ފުލުހުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތި ކަމަށެވެ.
މޫކޭ ދިރިއުޅޭ އެޕާޓްމަންޓް ބަލާ ފާސްކުރި ރޭ ނޫން އަނެއް ދުވަހު ފުލުހުން ބުނެފައިވަނީ އެ ގެއިން އިލެކްޓްރޯނިކް ބައެއް އާލާތްތައް ސީޒްކުރެވުނު ކަމަށެވެ. ސީޒް ކުރެވެނު ތަކެތީގެ ލިސްޓުގެ ކޮޕީއެއް މޫކޭއަށް ދީފައިވާއިރު މޫކޭ ވަނީ އެ ލިސްޓުގެ ކޮޕީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ ލިސްޓުން ފެންނަނީ 24 ނޮކިއާ ފޯނާއި ގޭމިންގ ލެޕްޓޮޕެއްގެ އިތުރުން ސްކްރީން ހަލާކުވެފައިވާ ސެމްސަންގް ސްމާޓް ފޯނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. ނޮކިއާ އެ ފޯނުތަކަކީ ކެމްޕޭނުގައި ބޭނުންކުރި ފޯނުތަކެއްކަމަށް މޫކޭ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް