ގެދޮރުވެރިޔާ ބިންވެރިޔާ ސްކީމްގެ ތަހުގީގަށް ހުޅުވާލި ޕޯޓަލަށް 16 ފަރާތަކުން މައުލޫމާތު ހުށަހަޅައިފި

ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ހިންގަމުން ގެންދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް މައުލޫމާތު އެއްކުރުމަށް ގާއިމްކުރި ޕޯޓަލްއަށް މިހާތަނަށް ޖުމުލަ 16 ފަރާތަކުން މ...

29 Dec 2024 | 11:55

ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ހިންގަމުން ގެންދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް މައުލޫމާތު އެއްކުރުމަށް ގާއިމްކުރި ޕޯޓަލްއަށް މިހާތަނަށް ޖުމުލަ 16 ފަރާތަކުން މައުލޫމާތު ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އޭގެ ތެރެއިން 4 ފަރާތަކުން ގުޅުންހުރި ލިޔެކިޔުން ވަނީ ހިއްސާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާކަމަށާއި މައުލޫމާތު ހުށަހެޅުމަށް https://evidence.police.gov.mv  އަށް ވަޑައިގެން ހިއްސާކުރެއްވުން އެދޭކަމަށެވެ.

މައުލޫމާތާއި ހެކި ހިއްސާކުރައްވާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅުއްވިދާނެކަމަށާއި ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކުވެސް ހިއްސާކުރެއްވިދާނެކަމަށް ފުލުހުން ބުނެއެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް