މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގާއިމުކޮށްފައިވާ އިހަވަންދިއްޕޮޅު ގޭޓުން ފުރަތަމަ ފަހަރަށް ބޭރުގެ ޔޮޓަކަށް ޚިދުމަތްދީ ނިންމާލައިފިއެވެ.
މިކަން ހާމަކުރައްވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެފައިވަނީ އިހަވަން ދިއްޕޮޅުގައި، އެމްޕީއެލް އިން ގާއިމް ކޮށްފައިވާ، "އިންޓަރނޭޝަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު" އިން ޚިދުމަތް ހޯދުމަށް ބޭނުންވި ރާއްޖެއިން ބޭރުގެ ޔޮޓަކަށް ކުލިއަރެންސް ޚިދުމަތް ދީ ނިއްމާ ލެވިއްޖެ ކަމަށެވެ.
"މިއީ ފަތުރުވެރިން ގޮވައިގެން ރާއްޖެ އައި ޔޮޓެއް، މިދުވަސްވަރު ރާއްޖެ އަށް ފަތުރުވެރިން ގޮވައިގެން ގިނަ ޢަދަދަކަށް ޔޮޓު ފަހަރު ދަތުރު ކުރާނެ ކަމަށް ބެލެވޭތީ، ޔޮޓު ފަހަރަށް ބެއިނުންވާ ފުރިހަމަ ޚިދިމަތްތައް ފޯރު ކޮށްދިނުމަށް އެމްޕީއެލް އިން ވަނީ ތައްޔާރު ވެފައި" އެމްޕީއެލްގެ ސީއީއޯ ވިދާޅުވެފައިވެއެވެ.
ގިނަ ޚިދުމަތްތަކެއް މިހާރުވެސް ދެމުން އަންނަ "އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" (އިހަވަންދިއްޕޮޅު ބަންކަރިން) ޚިދުމަތް ފަށާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.
އެމްޕީއެލްއިން އަންނަނީ ހަމަ އެކަނި ކޮންޓެއިނަރ މެނޭޖްކޮށްގެން ލިބޭ އާމްދަނީގެ އިތުރުން މެރިޓައިމް ދާއިރާއާއި ކާގޯ އަދި ޝިޕިންގް އާއި ގުޅޭ ގިނަ ޚިދުމަތްތަކެއް ތައާރަފްކޮށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް