ތ. ތިމަރަފުށީގައި އިއްޔެ ހިންގި މާރާމާރީއާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށް އެ ފަސް މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
އިއްޔެ އަސުރު ހާއިރު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އިއްޔެ މެންދުރު 01:27 ހާއިރު ތ. ތިމަރަފުށީ ގެއަކަށް ފަސް މީހަކު ވަދެ މާރާމާރީއެއް ހިންގި މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށެވެ.
މިއަދު ފުލުހުން ބުނެފައިވަނީ އެ މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އެ ފަސް މީހުންނަކީ އެރަށު ޖަހާމުގުރިގޭ، އުމުރުން 36 އަހަރުގެ އަހްމަދު އަމީން އާއި އެރަށު ސަލްވާ، އުމުރުން 38 އަހަރުގެ އަހްމަދު ޝަހުދީއާއި އެރަށު ގުލްބަކާވިލާ، އުމުރުން 39 އަހަރުގެ އަބްދުﷲ އަޝްރަފް އާއި އެރަށު ހިރި، އުމުރުން 32 އަހަރުގެ އާސް އިބްރާހިމްގެ އިތުރުން ކ. މާލެ، ވަވަތް، އުމުރުން 54 އަހަރުގެ މުހައްމަދު މައުރޫފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް