ދެކުނު ކޮރެއާގައި ފްލައިޓެއް ޖައްސަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި 120 މީހަކު މަރުވެއްޖެ

ތައިލެންޑްގެ ވެރިރަށް ބެންކޮކުން ފުރައިގެން ދެކުނު ކޮރެއާގެ މުއާންއަށް ދަތުރުކުރި ފްލައިޓެއް ޖައްސަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި 120 މީހަކު މަރުވެއްޖެއެވެ. ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތަ...

29 Dec 2024 | 07:10

ތައިލެންޑްގެ ވެރިރަށް ބެންކޮކުން ފުރައިގެން ދެކުނު ކޮރެއާގެ މުއާންއަށް ދަތުރުކުރި ފްލައިޓެއް ޖައްސަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި 120 މީހަކު މަރުވެއްޖެއެވެ.

ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައްބުނާގޮތުގައި ދެކުނު ކޮރެއާގެ ގަޑިން ބަލާނަމަ މިއަދު ހެނދުނު ގާތްގަނޑަކަށް 09:00 ހާއިރު (ރާއްޖޭ ގަޑިން ބަލާނަމަ ފަތިހު 05:00 ހާއިރު) އެ ހާދިސާ ހިނގަން މެދުވެރިވީ އެ ފްލައިޓް މުއާން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭއަށް ލޭންޑްކުރަން އުޅުނުއިރު ލޭންޑިންގ ގިއަރ ފެއިލްވެ ރަންވޭމަތީގައި ދުރުމިނަކަށް ބޯޓު ކެހިގެންގޮސް އަދި އެއަށްފަހު ރަންވޭއިން ކައްސާލައި ގޮވުންތަކެއްވެސް ގޮވުމަށްފަހުގައެވެ.

އެ ފްލައިޓުން 175 ޕަސިންޖަރުންނާއި ޕައިލެޓުން ހިމެނޭހެން ހަ ކްރޫއިން ދަތުރުކޮށްފައިވާއިރު މިހާތަނަށް ދެމީހެއްގެ ފުރާނަ ސަލާމަތް ކުރެވިފައިވާއިރު 120 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އިތުރު ބަޔަކު ދިރިތިބެދާނެކަމަށް ބަލައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ދެކުނު ކޮރެއާގެ ނޭޝަނަލް ފަޔަރ އޭޖެންސީން ބުނެފައިވަނީ މަރުވި 120 މީހުންގެ ތެރޭގައި ހިމެނެނީ 57 އަންހެނަކާއި 54 ފިރިހެނަކާއި ޖިންސު ވަކިކުރަން ނޭނގޭ (ހަށިގަނޑު އަނދާފައިވުމުން ކަމަށް ބެލެވޭ) ނުވަ މީހެއް ކަމަށެވެ. ސަލާމަތްވެފައިވާ ދެމީހުންނަކީ ފްލައިޓްގެ ދެ ކްރޫއެއް ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް