ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސް އިން ބުނީ 2024 ޑިސެމްބަރ 26 ވަނަ ދުވަހު ތައިލޭންޑްއިން ރާއްޖެއައި އުމުރުން 41 އަހަރާއި 2...

28 Dec 2024 | 19:37

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ 2024 ޑިސެމްބަރ 26 ވަނަ ދުވަހު ތައިލޭންޑްއިން ރާއްޖެއައި އުމުރުން 41 އަހަރާއި 21 އަހަރުގެ ދިވެހި 2 ފިރިހެން ފަސިންޖަރުންގެ ޢަމަލުތައް ހުރިގޮތުން އެ ފަސިންޖަރުންނާއި މެދު ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެތެރޭގައި ދެ ފަސިންޖަރުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.

ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin – 0.32 kg) އަދި މެފެޑްރޯން(Mephedrone – 2.1 kg)  އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.4 ކިލޯ ހުރި ކަމަށް ވެސް ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަން 5.5 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލްވާ 2 ފަސިންޖަރުން މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް