ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓްލޭޑީ ފަޒްނާ އަހުމަދު އަވައްޓެރި ސްރީލަންކާއަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެއީ ނުރަސްމީ ދަތުރުޅެއް ކަމަށެވެ.
މިދަތުރުފުޅު ކުރައްވަނީ ފަސް ދުވަހުގެ މުއްދަތަށެވެ. ދަތުރުފުޅަށް ފަރު ރައީސްގެ ދެ ކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންނަވާނީ އަންނަ ހޯމަ ދުވަހު އެވެ.
މިއީ އާ އަހަރުގެ ބަންދާއި ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ. ލަންކާގައި މެޑަމް ފަޒްނާގެ އާއިލާގެ ވަރަށް ގިނަ ބޭފުޅުން ދިރިއުޅުއްވަ އެވެ.
އެމަނިކުފާނު އެންމެ ފަހުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ މެޗުތައް ބައްލަވާލެއްވުމަށް ގަތަރުގެ ވެރިރަށް ދޯހާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް