58 އަހަރަށްފަހު އުފަން އާއިލާއާއި ބައްދަލުވި މެލޭސިއާގެ ހަމްސިއާ!

ފުރޮޅުލީ ގޮނޑިއެއްގައި ފެންނަން އިން ފަރާތަކީ ބުރުގާ އަޅައިގެން އިން ހަމްސިއާ މުހައްމަދުގެ އުފަން މަންމައެވެ. ހަމްސިއާ އުފަންވިތަނާ މެލޭޝިއާގެ މުސްލިމު އާއިލާކަށް ބެލުމަށް 1964 ވަނަ އަހަރު ހަވާލުކުރިފ...

29 Dec 2022 | 09:51

ފުރޮޅުލީ ގޮނޑިއެއްގައި ފެންނަން އިން ފަރާތަކީ ބުރުގާ އަޅައިގެން އިން ހަމްސިއާ މުހައްމަދުގެ އުފަން މަންމައެވެ. ހަމްސިއާ އުފަންވިތަނާ މެލޭޝިއާގެ މުސްލިމު އާއިލާކަށް ބެލުމަށް 1964 ވަނަ އަހަރު ހަވާލުކުރިފަހުން އެދެމައިން ދިމާވި މިއީ ފުރަތަމަ ފަހަރެވެ.

90 އަހަރުގެ ޓެންގެ އެކް ވިއު، އޭނާގެ ދަރިފުޅު އުރާލިތާ 58 އަހަރުވެފައިވާކަމަށާއި އެދެމީހުން ދަންނަ ފަރާތަކު އޭނާއާއި ދަރިފުޅު ހަމްސިއާ އާއި ފޯނުން ބައްދަލު ކޮށްދިންހިސާބުން ހަމްސިއާގެ ނަން ފޯނުން ފެންނަ ކޮންމެ ފަހަރަކުވެސް މޫނު މަށްޗަށް ބުނެދޭން ނޭނގޭހާ އުފާވެރިކަން އިހްސާސްވާކަމުގައި އެ މަންމަ ބުނެއެވެ.

މެލޭޝިއާގެ ޙަބަރުތައް ބުނާ ގޮތުގައި އަންހެންމީހާ އޭނާގެ އާއިލާގެ އެހީގައި ހަމްސިއާ އުޅޭ ތަން ޓްރެކް ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އަދި އެދުވަހުން ފެށިގެންކޮންމެ ހަފްތާއަކުވެސް ކޮންމެވެސް ވަރަކަށް ވާހަކަދައްކަމުން އަންނަ ކަމުގައިވެސް ބުނެއެވެ.

ސެޕްޓެމްބަރު މަހު ގުޅުނު ހިސާބުން ފެށިގެން ޓެންފް އެކް ވިއުއާއި އޭނާގެ ފަސް ދަރިން މަސައްކަތްކުރީ ހަމްސިއާ ދެކިލުމަށް މެލޭޝިއާއަށް އައުމަށެވެ. އެގޮތުން މަތީގައިވާ ފޮޓޯއަކީ   ޓެންގެ އެކް ވިއު އާއިލާއާއެކު ޕްލޭން ކުރުމަށްފަހު ހަމްސިއާ އަށް ބައްދަލުކުރުމަށް ކުރި ދަތުރުގެ ފޮޓޯއެވެ.

ހަމްސިއާގެ އުފަން އާއިލާއަށް ބައްދުލުކުރުމަށްޓަކައި ގޮސްފައިވަނީ އޭނާގެ ދެ ދަރިންނާއި މާމަ ދަރިންގެ އިތުރުން އޭނާ ބަލާބޮޑުކުރި އާއިލާ ގޮވައިގެންކަމަށް ޙަބަރުތަކުގައިވެއެވެ. 90 އަހަރަށްފަހުވެސް އެ މަންމައަށް ދަރިފުޅު އަތުގައި ފިރުމާލުމުން ދަރިއެއްކަން އިހުސާސް ކުރެވުނުކަން ފާހަގަކޮށް ހަމްސިއާއާއި ގުޅޭގޮތުން ސުވާލުކުރުމުން އޭނާގެ މަންމަބުނެފައިވަނީ ހަމްސިއާ ބޮޑުވެފައިވަނީ ރަނގަޅު ތަރުއަބިއްޔަތެއް ލިބި ހެޔޮ މީހެއްގެ ގޮތުގައިކަމުން އެއީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޓެންފް އެކް ވިއު އޭނާގެ ހަ ދަރިންގެ ތެތެއިން ހަމްސިއާ އުފަންވިތަނުން މެލޭޝިއާގެ ދެމަފިރިންނަށް ހަދިޔާ ކޮށްފައިވަނީ އެ ދެމީހުން އެ ދަރިފުޅު ބެލުމަށް ބޭނުންވެ ކުރިއާދޭސްތަކުގެ ސަބަބުންކަމަށް އޭނާ ބުނެފައިވެއެވެ.

އެކި ހާލަތްތަކާއިހެދި އެޑޮޕްޓަށް ދިނުމަށްފަހު އާއިލާއާއި ދުރުގައި އުޅޭ މިފަދަ އެތައް އާއިލާތަކަކުން ދަރިން ދެކިލުމަށް އެދިއެދި ތިބެއެވެ. އަދި ދިމާވުމަށްފަހު އުފަލުގައި ވަގުތުހޭދަކުރަން ލިބޭއިރު އެތައް އިހްސާސްތަކަކާއި ކުރިމަތިލާން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް