ޖެނުއަރީ އެކަކުން ފެށިގެން ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވާނެކަން އަނެއްކާވެސް ހަނދާން ކޮށްދީފި

ޖެނުއަރީ އެކަކުން ފެށިގެން ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވާނެކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލ...

29 Dec 2022 | 07:08

ޖެނުއަރީ އެކަކުން ފެށިގެން ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވާނެކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއި އެކު ޖެނުއަރީ 2023 ން ފެށިގެން ޖީއެސްޓީ ނަގާނީ އަށް ޕަސެންޓުގައި އެވެ. ޓީޖީއެސްޓި ނަގާނީ16 ޕަސެންޓުގައި އެވެ.

މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދުވަހުން ފެށިގެން ޖީއެސްޓީ ނެގުމާއި ޓީޖީއެސްޓީ ނެގުމުގައި އާ ރޭޓުތަކުން ނެގުމަށް ވިޔަފާރިތަކަށް ހަނދާން ކޮށްދޭ ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން އާ ޜޭޓަށް ފައިސާ ނަގަން ފަށާނެ ގޮތް މީރާއިން ވަނީ ބުނެދީފައި އެވެ،

އެގޮތުން 24 ގަޑިއިރު ޚިދުމަތް ނުދޭ ކެފޭތަކާއި ރެސްޓޯރަންޓްތަކާއި 24 ގަޑިއިރު ޚިދުމަތް ނުދޭ އެހެން ވިޔަފާރިތަކުން، އާ ރޭޓުގައި ޓީޖީއެސްޓީ އާއި ޖީއެސްޓީ ނަގަން ފަށާނީ، ޖެނުއަރީ އެކެއްގައި އެތަނެއްގެ ހިދުމަތް ދޭން ފަށާ ގަޑިއަކުން ފެށިގެންނެވެ. އެ ނޫން ހުރިހައި ފަރާތްތަކަކުން ޖެނުއަރީ އެކެއްގެ 00:00 ފެށިގެން ނަގާނީ އާ ރޭޓުގައި އެވެ.

މީރާއިން ބުނީ އެ ދުވަހުން ފެށިގެން މުދަލާއި ހިދުމަތުގައި އަގު ޖަހާފައި ހުންނަން ވާނީވެސް ޖީއެސްޓީއަގު ހިމަނައިގެންނެވެ. އެކަމަކު އެރެއިން އެރެއަށް އަގުތަކަށް ބަދަލުގެންނަން އުނދަގޫ ވާ ފަރާތްތަކުން، ޖެނުއަރީ އެކެއްް، 2023ން ގެށިގެން ނަގާނެ އަގު ސާފުކޮށް އެނގޭނެހެން އަގު ޖަހައިފައި ބެހެއްޓިދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި ބަދަލައް ތައްޔާރުވުމަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މީރާއިން ދަނީ ޚާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ. މި ކެމްޕެއިންގެ ދަށުން މީރާގެ ޓިމުތަކުން ދަނީ މާލޭގެ އިތުރުން އަތޮޅުތަކަށް ޒިޔާރަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތަކާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އަދި 1 ޖަނަވަރީ 2023 ގައި ޖީ.އެސް.ޓީގެ ރޭޓު ބަދަލުވުމަށްފަހު ވިޔަފާރިތަކުން އަމަލުކުރަމުން ގެންދަނީ ޤާނޫނާއި އެއްގޮތަށްތޯ ބެލުމަށް މީރާގެ ޓީމުތަކުން ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމޭލްކުރުމަށް މީރާއިން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް