ބާރަށް ހަޅޭ ލެވުމަކީ ހާސްކަމާއި ކަންބޮޑުވުންތަކުން ދުރުކޮށްދޭ ކަމެއް - ދިރާސާ

އަޑުގަކޮށް ބާރަށް ހަޅޭލާ ހެދުމަކީ ބައެއް މީހުންނަށް އެކަމުން ނުތަނަވަސްކަން އިހުސާސް ކުރެވޭ ކަމަކަށް ވެއެވެ. އަދި ބާރަށް ހަޅޭލެވުމަކީ ބައެއް މީހުންނަށް އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިކުރުވާ ކ...

29 Dec 2022 | 06:32

އަޑުގަކޮށް ބާރަށް ހަޅޭލާ ހެދުމަކީ ބައެއް މީހުންނަށް އެކަމުން ނުތަނަވަސްކަން އިހުސާސް ކުރެވޭ ކަމަކަށް ވެއެވެ. އަދި ބާރަށް ހަޅޭލެވުމަކީ ބައެއް މީހުންނަށް އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިކުރުވާ ކަމަކަށްވެސް ވެއެވެ. މިކަން މިގޮތަށް ދިމާވަނީ މިކަމުގެ ފައިދާ ގިނަ ބަޔަކަށް ނޭއްގޭތީ ކަމަށް ވެދާނެއެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ބާރަށް ހަޅޭލަވާ ހެދުމަކީ އެކަމުން ސިއްޚީގޮތުން ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ. އެގޮތުން ކަންކަމާއި ހާސްވެ ކަންބޮޑުވުން ފަދަ ކަންކަމުން މީހާ ދުރުކޮށްދެއެވެ.

ދިރާސާގައި ބުނެފައިވާ ގޮތުން ބާރަށް ހަޅޭލާ ހެދުމަކީ ހަށިގަނޑުގައި ހުންނަ ބައެއް ނުރައްކާތެރި ކެމިކަލް ތައް ހަށިގަނޑުން ބޭރުވާ ކަމަކެވެ. އެގޮތުން އަހަރެމެން ހަޅޭއްލަވައިގަތުމުން އެ ހަޅޭކާއި އެކު އަހަރެމެންގެ ހަށިގަނޑުގައި ހުންނަ ބައެއް ނުރައްކާތެރި ހަށިގަނޑަށް ގެއްލުންދޭ ކެމިކަލްތައް ހަށިގަނޑުން ބޭރުވެގެން ދެއެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި އެމެރިކާގެ ނަފްސާނީ ޑޮކްޓަރެއް ކަމަށްވާ ޑރ ޕީޓާ ކަލަފިއުރާ ވިދާޅުވަނީ، “ހަޅޭއްލަވައިގަތުމުން ބައެއް އެންޑޯފިންސް، ( ހަށިގަނޑަށް ގެއްލުނެދޭ ކެމިކަލްގެ ބާވަތެއް) ހަށިގަނޑުން ބޭރުވެ އެވެ. އެކަމުގެ ސަބަބުން އިންސާނާއަށް ހިތްހަމަ ހަމަޖެހުން އިހުސާސް ކުރުވައެވެ. އަދި ސިކުނޑިއަށް ހަމަޖެހުން ލިއްބައިދެއެވެ. އޭނާ ވިދާޅުވީ ގޮތުގައި ބާރަށް ހަޅޭލަވާ މީހަކަށް އާންމުކޮށް ޖޮގިންކުރާ މީހަކަށް ލިބޭ ފައިދާއާއި އެއްވަރުގެ ފައިދާއެއް ކުރެއެވެ. އޭނާ އިތުރަށް ވިދާޅުވީ އުސްތަންތަނަށް އަރާ ބާރަށް ހަޅޭލަވާ ހެދުމަކީ މިކަމުގެ ފައިދާ މާ ބޮޑަށް ކުރާނެ ކަމެކެވެ.

ބާރަށް ހަޅޭލަވާ ހެދުމަކީ ނަފްސާނީ ދުޅަހެޔޮކަން ވަރަށް ބޮޑަށް ލިބޭ ކަމެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް