ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފީފާގެ ރައީސް ފުރާވަޑައިގެންފި

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފުރާ ވަޑައިގެންފި އެވެ. އޭނާ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން ވަޑައިގެންނެވީ މިދިޔަ ހަޮނިހިރު ދުވަ...

29 Dec 2022 | 06:25

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފުރާ ވަޑައިގެންފި އެވެ.

އޭނާ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން ވަޑައިގެންނެވީ މިދިޔަ ހަޮނިހިރު ދުވަހު އެވެ. އޭނާ ޗުއްޓީ ހޭދަ ކުރެއްވީ އިތާފުށި ރިސޯޓްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

މި ދަތުރުގައި އޭނާގެ އާއިލާ ބައިވެރިވި އެވެ. އިންފަންޓީނޯ އަކީ ލުބުނާންގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ އަންހެނަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ.

އާއިލާ ޗުއްޓީއަށް އައީ ޕްރައިވެޓު ޖެޓެއްގައި އެވެ. ޗުއްޓީ ނިންމުމަށް ފަހު ރޭ ރާއްޖެއިން ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަޑައިގެން އުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމުވެފައިވެ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެއްވިކަން އިންފަންޓީނޯ ރަސްމީކޮށް ހާމައެއް ނުކުރައްވަ އެވެ.

ދާއިރާގެ މަސައްކަތްތަކަށް ބަލާއިރު އަންނަ މާޗް މަހު ބާއްވާ ފީފާގެ އިންތިހާބުގައި ތިންވަނަ ދައުރަކަށް އިންފަންޓީނޯ ވަނީ ކުރިމަތި ލައްވައިފަ އެވެ. ނިމިދިޔަ ގަތަރު ވޯލްޑްކަޕްގައި ގިނަ ބައެއްގެ ސަޕޯޓު އިންފަންޓީނޯއަށް ލިބިފައިވާތީ މި އިންތިހާބުގައި ޔޫރަޕްގެ ގައުމުތަކުން ވޯޓު ނުލިޔަސް ގިނަ ގައުމުތަކެއްގެ ތާއީދު އޭނާއަށް ލިބޭނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް