ހއ. ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމުމަކާއި ގާތް ވެއްޖެ އެވެ.
އެ ރަށު މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.
އެ ކުންފުނިން ބުނީ ތާރު އަޅަން ހަމަޖެހިފައިވާ މަގުތަކުގައި 90 ޕަސެންޓު ތާރު އަޅާ ނިންމާފައިވާ ކަމަށެވެ. އަދި މަގުހެދުމުގެ މުޅި މަޝްރޫޢުގެ މަސައްކަތުގެ 72 ޕަސެންޓް ނިމިފައިވާ ކަމަށް މައުލޫމާތުދެ އެވެ.
މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.
އަދި 11،114 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ. މީގެ އިތުރުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް މައުލޫމާތުދެ އެވެ.
މިއީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް