ކޮންމެ މަހަކު މޯލްޑިވިއަންގެ އިންޓަނޭޝަނަލް ރިޓާން ޓިކެޓު ލިބޭ ޕްރޮމޯޝަނެއް

ގައުމީ އެއާލައިން މޯލްޑިވިއަންއިން ދަތުރު ކުރާ ފަރާތްތަކަށް ހާއްސަކޮށް "ވިން 2" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ. އެ އެއާލައިނުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ މަހަކު ގުރުއަތުން ހޮވޭ ފަރާތަ...

29 Dec 2022 | 05:12

ގައުމީ އެއާލައިން މޯލްޑިވިއަންއިން ދަތުރު ކުރާ ފަރާތްތަކަށް ހާއްސަކޮށް "ވިން 2" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ އެއާލައިނުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ މަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް އިންޓަނޭޝަނަލް ދަތުރުތަކުގެ ރިޓާން ދެ ޓިކެޓު ލިބޭނެ ކަމަށެވެ.

ބުކިން އޮފިސްތައް، މޮބައިލް އެޕް އަދި ވެބްސައިޓު މެދުވެރިކޮށް ޓިކެޓެއް ގަތުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

އާ ޕްރޮމޯޝަނެއް ކުރިޔަށް ދާއިރު އެ އެއާލައިނުން ވަނީ އައްޑޫ ސިޓީ ގަމާއި ގއ. ކޫއްޑޫ އެއާޕޯޓާއި ދެމެދު ކުރާ ދަތުރުތައް އިތުރު ކުރުމަށް ނިންމާފައި އެވެ. އެއީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާ ފްލައި ދުބާއީގެ ދަތުރުތަކަށް އަމާޒުކޮށެވެ.

https://twitter.com/MaldivianAero/status/1599693017824522245

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް