ރާއްޖޭގައި ހުރި ފިރިމީހާ ފައިސާ ނުފޮނުވައިގެން އައި ރުޅީގައި އިންޑިއާ އަންހެނަކު އޭނާގެ ދަރި ކޯރަކަށް އެއްލާލައިފި

އިންޑިއާގެ ހޮޝިއާރުޕޫރުގައި އިއްޔެ ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މަންމައަކު ވަނީ އުމުރުން އެންމެ އަށް އަހަރުގެ ފިރިހެން ކުއްޖަކު ކޯރަކަށް އެއްލަ...

29 Dec 2022 | 01:50

އިންޑިއާގެ ހޮޝިއާރުޕޫރުގައި އިއްޔެ ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މަންމައަކު ވަނީ އުމުރުން އެންމެ އަށް އަހަރުގެ ފިރިހެން ކުއްޖަކު ކޯރަކަށް އެއްލައިލާފައެވެ. އަދި އެ އަންހެންމީހާ އެ އަމަލު ހިންގީ އާމްދަނީ ހޯދަން ރާއްޖޭގައިހުރި އޭނާގެ ފިރިމީހާ އޭނާއަށް ފައިސާ ނުފޮނުވާތީ އައި ރުޅީގައި ދުރާލާ އިންޒާރުވެސް ދިނުމަށްފަހުގައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި އަމަލު ހިންގީ ރީނާ ކުމާރީ ނަމަކަށްކިޔާ އަންހެނެކެވެ. އޭނާ މިކަން ކުރީ އާމްދަނީ ހޯދުމަށް މި އަހަރުގެ ކުރީކޮޅު ރާއްޖެއަށް ދަތުރުކޮށް މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ އޭނާގެ ފިރިމީހާ، ރަވީ ކުމާރަށް ދުރާލާ އިންޒާރުވެސް ދިނުމަށްފަހުގައެވެ.

އެ ދެމަފިރިންގެ ދެ ދަރިން ތިބޭކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެއީ 10 އަހަރުގެ އަންހެންކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ.

އިއްޔެގެ ވަގުތެއްގައި ރީނާ ކުމާރީ އޭނާގެ ފިރިހެން ދަރިފުޅު ގޮވައިގެން ކޯރެއްގެ އައްސޭރިއަށް ދިޔަ ހަބަރު ލިބިގެން ރީނާ ކުމާރީގެ ބައްޕައާއި ރީނާ ކުމާރީގެ ބޭބެއަކު އެ ދެމައިން ހޯދަން ނިކުތެވެ. އަދި ފެނުނު އިރު އެ ދެމައިން ތިބިކަމަށްވަނީ ކޯރުގެ އައްސޭރިފަށުގައި ކަމަށާއި އެމީހުން ފެނުމުން ރީނާ ކުމާރީ އޭނާގެ ފިރިހެން ދަރިފުޅު ކޯރަށް ކޮއްޕާލުމަށްފަހު ދުވެ ފިލީކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ޕަންޖާބު ޕޮލިހުން ބުނެފައިވަނީ އުމުރުން އެންމެ އަށް އަހަރުގެ އެ ފިރިހެން ކުއްޖާ ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބުވެފައިނުވާކަމަށާއި ރީނާ ކުމާރީ މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާއަށް އުފުލާނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް