"ބާމިންހަމް 2022- ކްއީންސް ބެޓްން" އަށް ރާއްޖެއިން ރަސްމީކޮށް މަރުޙަބާ ކިޔައިފި

"ބާމިންހަމް 2022- ކްއީންސް ބެޓްން" އަށް ދިވެހިރާއްޖެއިން ރަސްމީކޮށް މަރުޙަބާ ކިޔައިފިއެެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ބާމިންހަމް 2022- ކްއީންސް ބެޓްނ...

29 Dec 2021 | 18:41

"ބާމިންހަމް 2022- ކްއީންސް ބެޓްން" އަށް ދިވެހިރާއްޖެއިން ރަސްމީކޮށް މަރުޙަބާ ކިޔައިފިއެެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ބާމިންހަމް 2022- ކްއީންސް ބެޓްން" އަށް ދިވެހިރާއްޖެއިން ރަސްމީކޮށް މަރުހަބާ ވިދާޅުވީ ރައީސް އިބްރާހިމް މުހަންމަދު ޞާލިޙެވެ. ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި، ކޮމަންވެލްތް ގޭމްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް "ބަރމިންގހަމް 2022- ކްއީންސް ބެޓްން" ވަނީ އަރުއްވާފައެވެ. މީގެ އިތުރުން "ބަރމިންގހަމް 2022- ކްއީންސް ބެޓްން" ގެ ރަސްމީ ޖަރޒީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވެދުން ކުރައްވާފައެވެ.

ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަން ރިލޭ ފަށާފައި ވަނީ 2021 ގެ އޮކްޓޫބަރު މަހު 7 ވަނަ ދުވަހުގައި އިނގިރޭސިވިލާތުންނެވެ. އެއަށްފަހު، ކްއީންސް ބެޓަންގެ ތާރީޚީ ދަތުރުގައި، ކޮމަންވެލްތްގެ 72 ޤައުމަށް މި ބެޓަން ގެންގޮސް 294 ދުވަހުގެ ތެރޭގައި ކޮމަންވެލްތްގެ ހުރިހާ ކަންކޮޅަކަށް މި ބެޓްން ގެންދަން ވަނީ ނިންމާފައެވެ. މި ދަތުރުން ރަމްޒުކޮށްދެނީ އުންމީދާއި، އެއްބައިވަންތަކަމާއި، ކޮމަންވެލްތްގެ އެއްޤައުމު އަނެއް ޤައުމާ އެކު އޮންނަ ގުޅުމެވެ.

16 ވަނަ ރަސްމީ ކްއީންސް ބެޓްން ރިލޭގެ ތާރީޚީ ދިގު ދަތުރު ނިންމާލާނީ 2022 ވަނަ އަހަރުގައި ޖުލައި މަހުގެ 28 ވަނަ ދުވަހުގައި ބަރމިންގހަމް ގައި ބާއްވާ ކޮމަންވެލްތް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް