ކެެރެލާގައި މަންމައަށް އަނިޔާކުރާތީ ކުޑަ ދެ ކުދިން ކޯރާޑިއަކުން ޖަހައި ޅިއަނު މަރާލައިރި

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކުޑަ ދެ އަންހެން ކުއްޖަކު ޅިއަނު މަރާލުމަށް ފަހު އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެ އެވެ. ކެރެލާގެ ވަޔަނަޑް ޑިސްޓްރިކްޓުގައި ހިނގި މި ހާދިސާގައި އެ ދެ އަންހެން ކުދިން މަ...

29 Dec 2021 | 17:00

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކުޑަ ދެ އަންހެން ކުއްޖަކު ޅިއަނު މަރާލުމަށް ފަހު އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެ އެވެ.

ކެރެލާގެ ވަޔަނަޑް ޑިސްޓްރިކްޓުގައި ހިނގި މި ހާދިސާގައި އެ ދެ އަންހެން ކުދިން މަރާލާފައިވަނީ ބައްޕަ ފަރާތު ބޮޑުދައިތަގެ ފިރިމީހާ އެވެ. އެ ދެކުދިން ބުނީ މުހައްމަދު ކޮޔާ ނަމަކަށް ކިޔާ އެމީހާ މަރާލީ މަންމައަށް އަނިޔާ ކުރާތީ ކަމަށެވެ.

މަރާލި ދުވަހު ކަން ހިނގިގޮތް ފުލުހުންނަށް ކިޔައި ދެމުން ބުނެފައިވަނީ އެ ދުވަހުވެސް މަންމައަށް ޅިއަނު ވަރަށް އަނިޔާ ކުރި ކަމަށެވެ. އަދި ދެ ކުދިންވެގެން ފިރިހެން މީހާ ހުއްޓުވައި ދުރައްޖަން އުޅެ އުޅެ ނުޖެއްސުމުން އެންމެ ކައިރިން ފެނުނީ ކޯރާޑިއެއް ކަމަށާއި ބިރެއް ނެތި އޭގެން ޖަހައި މަރާލީ ކަމަށެވެ.

އެ ކުދިން ބުނީ ޅިއަނުގެ ސަބަބުން އެ ތިން މައިންގެ ދިރިއުޅުން މުޅިން ބިރުވެރިވެ، ހަލާކުވެފައިވާ ކަމަށެވެ. އަދި މީގެ ކުރިންވެސް އެތައް ފަހަރަކު މަންމައަށް ޅިއަނު އަނިޔާކޮށްފައިވާ ކަމަށް ބުންޏެވެ.

އުމުރުން 70 އަހަރުގެ މުހައްމަދުގެ އާއިލާ އާއި ދެ ކުޑަކުދިންގެ އާއިލާ ދިރިއުޅެނީ އެއް ގޯއްޗެއްގެ ތެރޭގައި ވަކިން ހުންނަ ދެ ގެއެއްގައި އެވެ. އެ އަވަށު މީހުން ބުނެފައިވަނީ އެ ފިރިހެން މީހާ އަބަދުވެސް އެކުދިންނާއި މަންމައަށް ހަމަލާދީ އަނިޔާކޮށް އެއްޗެހި ކިޔާ ހަދާ ކަމަށެވެ.

އަދި އެ ކުދިން އެމީހާ މަރާލީ އެކަންކަމަށް ކެތް ނުކުރެވިގެން ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.

މި ދެ ކުޑަކުދިންގެ އުމުރު ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް