މާލޭގެ މަގުތަކާއި ޕާކުތަކުގައި އެއްލައްކަ ގަސް އިންދަން ސިޓީ ކައުންސިލުން ނިންމައިފިއެެވެ.
މިކަން ހާމަ ކޮށްފައިވަނީ މިއަދު ކުރިއަށް ގެންދިޔަ މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 32 ވަނަ ރަސްމީ ޖަލްސާގައެވެ.
ގަސް އިންދުމުގެ ޕްރޮގްރާމު ފަށަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު މާލެ އާއި ވިލިމާލޭގައެވެ.
އެގޮތުން ފުރަތަމަ އިންދާ 150 ގަސް އަންނަ ހޮނިހިރު ދުވަހު އިންދަން ނިންމާފައި ވަނީ މަޖީދީމަގު ހިމެނޭހެން މާލޭގެ ބައެއް ބޮޑެތި މަގުތަކުގައެވެ. މި ގަސްތަކުގެ ތެރެއިން 65 ޕަސެންޓް ގަހަކީ އަނބުގަހެވެ. އަދި ބާކީ 33 ޕަސެންޓްގެ ތެރޭގައި ހިމެނެނީ ސައްކެޔޮގަހާއި ހިތިގަހާއި ދަނބުގަސް ފަދަ ގަސްތަކެވެ.
އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމު ފެށުމަށްޓަކައި ސިޓީ ކައުންސިލުން އެކަމަށް ބޭނުންވާ ގަސްތައް ގެނެސްފައިވަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުންނެވެ.
މީގެ އިތުރުން މި ގަސްތައް ބެހެއްޓުމަށްޓަކައި ކާނިވާ ސަރަހައްދުގައި ހާއްސަ ނާސަރީއެއް ހެދުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެެވެ.
މާލޭ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް