އިޤްތިޞާދީ ކާރިސާތަކުގައި ދަރަނި ނެގުމަކީ ދުނިޔެ ގަބޫލުކުރާ ކާމިޔާބު އުުސޫލެއް: އަމީރު

އިޤްތިޞާދީ ކާރިސާތަކުގައި ދަރަނި ނެގުމަކީ މުޅި ދުނިޔެ ބަލައިގަނެފައިވާ ކާމިޔާބު އުސޫލެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓަރ އަމީރު މިހެން ވިދާޅުވީ 23 ރަ...

29 Dec 2021 | 10:35

އިޤްތިޞާދީ ކާރިސާތަކުގައި ދަރަނި ނެގުމަކީ މުޅި ދުނިޔެ ބަލައިގަނެފައިވާ ކާމިޔާބު އުސޫލެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އަމީރު މިހެން ވިދާޅުވީ 23 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ފުޅު ދައްކަވަމުންނެވެ.

އެގޮތުން އަމީރު ވިދާޅުވީ ކޯވިޑްގެ ހާލަތުގައި އިޤްތިޞާދު ހީނަރުވުމުން ސަރުކާރުން ވަރަށް ގިނަ ކަންކަމަށް ބެއްލެވި ކަމުގައެވެ.

މިގޮތުން ސަރުކާރުން ބެލީ ދަަރަނި ނަގައިގެން ނަމަވެސް އިޤްތިޞާދު އަލުން އާރާސްތު ކުރެވޭތޯ ކަމުގައި އަމީރު ވިދާޅުވިއެވެ.

އެ ހާލަތުގައި ދަރަނި ނަގައިގެން ސަރުކާރުން މަސައްކަތްކުރީ ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން ކަމުގައި އަމީރު ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން، އިޤްތިޞާދީ ކާރިސާތަކުގައި ދަރަނިި ނެގުމަކީ މުޅި ދުނިޔެ ބަލައިގަނެފައިވާ ކާމިޔާބު އުސޫލެއް ކަމުގައި އަމީރުގެ ވާހަކަފުޅު ގައި ފާހަގަ ކުރެއްވިއެވެ. އަދި ދަރަނި ނުނެގިނަމަ މިހާލަތުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ހޭދަވީސް ކަމުގައި އަމީރު ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ އިޤްތިޞާދު އެންމެ ހީނަރުވެފައިވާ ދުވަސްވަރު ވެސް އިޤްތިޞާދީ މަޝްރޫޢޫތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ބޮޑެތި ލޯނުތަކެއް ނަގާފައި ވެއެވެ. އެހެންކަމުން ގިނަ ބައެއްގެ ފާޑުކިއުންތައް ސަރުކާރަށް އަމާޒުވެފައިި ވެއެވެ. ނަމަވެސް ކޯވިޑަށްފަހު މި ވަގުތު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިޤްތިޞާދަކީ ރާއްޖެ އިޤްތިޞާދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް