ހުޅުމާލޭ ފޭސް އެކަކާއި ދޭއްގެ ރެޖިސްޓްރީ ބާތިލް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމި ނިމްމުން ތަންފީޒު ކުރުން މަޑު ޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކޮށްފި އެވެ.
ހުޅުމާލޭ ރެޖިސްޓްރީ ބާތިލް ކުރީ ސިޓީ ކައުންސިލުން ހުއްދަ ދީގެން ހިޔާ ފްލެޓު ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބާއްވަން އުޅުނު "ކޮތަރުކޮށި ޖަލްސާ" ނުބޭއްވޭނެ ކަމަށް ހައުސިން ޑިވެލޮޕޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެންގުމުންނެވެ. މި މައްސަލަ އެޗްޑީސީން ކޯޓަށް ވެއްދީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ކޯޓުން ވަނީ އެ މައްސަލައިގަ ވަކިގޮތެއް ނިންމަންދެން ކައުންސިލްގެ ނިންމުން ތަންފީޒު ކުރުން ފަސް ކުރުމަށް އަމުރު ކޮށްފަ އެވެ.
މިއަދު މާލޭ ސިޓީ ކައުންސިލުން ބުނީ އެ އަމމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ހައި ކޯޓަށް ވެއްދީ އިއްޔެ އެވެ.
އެ މައްސަލައިގަ ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ މިއަދު ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހުޅުމާލޭގެ ބިން އެޗްޑީސީއަށް މިލްކުވެފައި އޮތީ ހުޅުމާލެ ހިއްކަން ސަރުކާރުން ކުރި ޚަރަދާއި ނެގި ލޯނުތަކަށް އެ ކުންފުނިން ޒިންމާވާ ގޮތަށް ކަމަށް ވާއިރު، އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް އެ ކުންފުންޏަށް ލިބިގެން ހިނގައިދާނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ނިމެންދެން މާލޭ ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.
މީގެ އިތުރުން ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި ހުޅުމާލެ ތަރައްގީ ކުރުމަށް އެޗްޑީސީއަށް ލިބިފައި އޮތް ހައްގަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި އަދި މާލޭ ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ. އަދި އެފަދަ ކަމެއް ކުރާ ނަމަ އެކަން ހުއްޓުވަން ފުލުހުންނާއި ދައުލަތުގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
ސިޓީ ކައުންސިލުން ކުރިން ބުނީ ހުޅުމާލޭ ރެޖިސްޓްރީ ބާތިލް ކުރަން ކުރަން ޖެހުނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް