ގޯތީގެ ވާހަކަ ސިޔާސީ ނުކުރޭ، ސަރުކާރުން މާލޭ ރައްޔިތުންނަށް އެ ވައުދު ފުއްދާނެ: ރައީސް

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ގޯތީގެ މައްސަލައިގަ ސިޔާސީ މަންފާ ހޯދަން ވާހަކަ ދައްކާ މީހުން އުޅޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މި މެމޭރުމުން ވާހަކަފުޅުދެއްކެވ...

29 Dec 2021 | 09:43

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ގޯތީގެ މައްސަލައިގަ ސިޔާސީ މަންފާ ހޯދަން ވާހަކަ ދައްކާ މީހުން އުޅޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މި މެމޭރުމުން ވާހަކަފުޅުދެއްކެވީ ފެނާއި ނަރުދަމާ މަޝްރޫއުތަކެއް ކުންފުނިތަކާއި ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދައިދިނުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ މާލޭގެ މީހުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގައި މާލޭގެ ރައްޔިތުންގެ ބޯހިިޔާވަހިކަމާއި ގޯތި ގެދޮރުގެ މައްސަލައަށް ވެސް ހައްލެއް ހޯދައިދޭނެ ކަމަށެވެ. އެކަން ކުރުމަށް ގޯތި ދޭނީ ހުޅުމާލެ އާއި ގުޅީ ފަޅުން އެކަނި ނޫންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެހެން ފަޅުތައް ހިއްކައިގެންވެސް މާލޭ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށެވެ.

އަދި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެއް ހާސް ގޯތި ދިނުން ނޫން ކަމަށާއި އޭގެ ތިން ހަތަރު ގުނަ އިތުރަށް މާލޭ ރައްޔިތުންނަށް އަމާޒުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ވާހަކައިގެ ހަގީގަތާއި އަސްލު އެނގޭ ބޭފުޅުން ސިޔާސީ މަންފާއަށް އެވާހަކަ ދައްކަވަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ އަސާސީ ވައުދުތައް ފުއްދާނީ އެ ވާހަކަތައްވެސް އަޑުއަހައިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް