ޕީއެސްޖީ ދޫކޮށް ދާކަށް ނޫޅެން، އެއީ ދޮގެއް - އެމްބާޕޭ

ކުލަބު ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށާއި އެފަދަ ނިންމުމެއް ނިންމަން ގާތްނުވާ ކަމަށް ފްރާންސްގެ ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ބުނެފިއެވެ. އެމްބާޕޭ މިހެން ބުނެފައިވަނީ ކުރ...

29 Dec 2021 | 07:42

ކުލަބު ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށާއި އެފަދަ ނިންމުމެއް ނިންމަން ގާތްނުވާ ކަމަށް ފްރާންސްގެ ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ބުނެފިއެވެ.

އެމްބާޕޭ މިހެން ބުނެފައިވަނީ ކުރިޔަށްއޮތް ސީޒަނަށް އޭނާ ޕީއެސްޖީ ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތާއި ގުޅިގެންނެވެ.

"އަހަރެން އެއްވެސް ކުލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް، ރެއާލް މެޑްރިޑު ވިޔަސް އެހެން ކުލަބަކަށް ވިޔަސް، އަހަރެން މި ކުލަބުގައި (ޕީއެސްޖީ) ގައި މިހުރީ އުފަލުން" އެމްބާޕޭ ބުންނެވެ.

އެމްބާޕޭ ބުނީ އޭނާގެ ވިސްނުން ހުރީ ޕީއެސްޖީއާއި އެކު ކާމިޔާބީތައް ހޯދަން ކަމަށާއި އެގޮތުން އެންމެ ފުރަތަމަ އާމަޒަކީ ޗެމްޕިއަންސް ލީގު ހޯދުންކަމަށެވެ. އެހެން އިތުރު ވިސްނުމެއް މިހާރު ނެތްކަމަށްވެސް އެމްބާޕޭ ބުންޏެވެ.

ރެއާލް މެޑްރިޑުގެ އިތުރުން އެމްބާޕޭއަށް ފާރަލާ ޓީމުތަކުގެ ތެރޭގައި ޓޮޓެންހަމް، ލިވަޕޫލް، އަދި މެންޗެސްޓަރ ސިޓީ ހިމެނޭކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިއިން އެއްވެސް ކުލަބަކުން ރަސްމީ ސިފައެއްގައި އޭނާ ހޯދުމަށް މަސައްކަތެއް ނުކުރެއެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނަށްފަހު ހަމަވާނެ އެވެ. އެއަށްފަހު އޭނާ ވެގެންދާނީ ފްރީ އޭޖެންޓަކަށެވެ. ނުވަތަ ބޭނުން ކުލަބަކަށް ހިލޭ ބަދަލުވުމުގެ ފުރުސަތު އޭނާއަށް ލިބޭނެއެވެ. ނަމަވެސް ބެލެވޭގޮތުގައި ވަރަށް އަވަހަށް އެމްބާޕޭގެ އެއްބަސްވުން އާކުރާނެ އެވެ.

ޕީއެސްޖީއަކީ މިވަގުތު ޔޫރަޕްގައި އޮތް އެންމެ ވަރުގަދަ ސްކޮޑެއް އޮތް ޓީމެވެ. ޕީއެސްޖީގެ ސްކޮޑަށް ބަލާއިރު، އާޖެންޓީނާގެ ތަރި ލޮއިނެލް މެސީގެ އިތުރުން ނޭމާ އެމްވާޕޭ، ޑޮންނަރުންމާ ފަދަ ކުޅުންތެރިން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް