ކ. ގުރައިދޫން 177 ބިޔަރު ދަޅުހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ކ. ގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގައި ބިޔަރު ދަޅުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ގުރައިދޫ ޕޮލިސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި އޮޕަރޭޝަން ހިންގީ ރޭގެ ވަގުތެއްގައި އެވެ. މިދަޅުތައް ފެނިފައިވަނީ އެ ރަށުގެ ހުސްބިމެއް ބަލައި ފާސްކޮށް ގޯނިތަކެއްގައި ފޮރުވާފައި ހުއްޓައެވެ.
މި މައްސަލައިގަ ފުލުހުން އެއްވެސް މީހަކު އަދި ހައްޔަރެއްނުކުރެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް