ކޮމަންޑޫ ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާރޭ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަށްވާ ކެނޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާރޭ ބޭއްވުމަށް ނިންމައިފިއެވެ. އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ކޮމަންޑޫ ދ...

29 Dec 2021 | 06:46

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަށްވާ ކެނޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދުު އަވަހާރަވުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން 30 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 09:00 ގައި އިންތިޚާބާ ބެހޭ މަރުކަޒުގައި އޮންނާނެ ކަމުގައެވެ.

ބައި-އިލެކްޝަނުގައި ވާދަ ކުރާނެ ކަމަށް އެމްޑީޕީ އާއި އެމްއެންޕީ އާއި ޕީޕީއެމް އިން ވަނީ އިއުލާންކޮށްފައެެވެ.

އެގޮތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ދީފައި ވަނީ ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދަށެވެ.

އަދި އެމްއެންޕީގެ ޓިކެޓް ދީފައި ވަނީ ށ. ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސަށެވެ. މީގެއިތުރުން އިދިކޮޅު ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށެވެ.

އިލެކްޝަން ކޮމިޝަނުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓް ލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު ހަތަރުގަޑި ސުން މިނެޓަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ.

މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް