އަނާރާ އަދާލަތު ޕާޓީން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަނާރާ ނައީމް އަދާލަތު ޕާޓީން ވަކިވާން ސިޓީ ފޮނުއްވައިފި އެވެ. އަނާރާ ވަނީ އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާ 18 ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ...

29 Dec 2021 | 06:38

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަނާރާ ނައީމް އަދާލަތު ޕާޓީން ވަކިވާން ސިޓީ ފޮނުއްވައިފި އެވެ.

އަނާރާ ވަނީ އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާ 18 ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފަ އެވެ. މިދައުރުގައިވެސް އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރެއްވި ނަމަވެސް އިންތިހާބު ކާމިޔާބުވެފައެއް ނުވެ އެވެ.

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް އަނާރާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އަދާލަތުގެ މެންބަރު ކަމުން ވަކިކޮށްދެއްވުމަށް އެދޭ ކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ރައީސާއި ޕާޓީން ލިބުނު އެހީތެރި ކަމަށް ޝުކުރުއަދާ ކުރައްވާފައިވެއެވެ.

އަނާރާ ވަނީ މިއަހަރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން ޕީއެޗްޑީ ހާސިލް ކުރައްވާފަ އެވެ. އެކަމަނާ ޕީއެޗްޑީ ހާސިލް ކުރެއްވީ ޑޮކްޓާ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސް އެންޑް ލެޖިސްލޭޓިވް ޕޮލިސީންނެވެ.

އެކަމަނާ ޑިގްރީ ހާސިލު ކުރައްވާފައިވަނީ ގަތަރު ޔުނިވަސިޓީން، ޝަރީއަތާއި ގާނޫނީ ރޮނގުންނެވެ. މާސްޓާސް ފުރިހަމަ ކުރެއްވީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީންނެވެ.

އަނާރާ އަކީ ކުރީގެ މަޖިލީސް މެމްބަރެއްގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިއެކެވެ. އަދި ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގައި ކުރީ ސަފަށް ނުކުންނަވައި ދީނީ ނަސޭހަތް ދެއްވުމުގައި ހަރަކާތްތެރިވާ މަދު އަންހެން ކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް