އެމްޑިޕީ ވެރިކަމުގައި މި ސަރުކާރުގައި ދެން ނުވެ އޮތް ކަމަކީ ރައީސް އިސްތިއުފާދެއްވުން: ތޯރިގު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިހާރު ނުވެ އޮތް ކަމަކީ އެމަނިކުފާނު އިސްތިއުފާ ދެއްވުން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ. އެންޓީ ކޮރަޕްޝަން ކޮމިޝ...

29 Dec 2021 | 06:16

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިހާރު ނުވެ އޮތް ކަމަކީ އެމަނިކުފާނު އިސްތިއުފާ ދެއްވުން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގޭގޮތުން ކުރެއްވި ޓުވީޓެއްގައި ތޯރިގު ވިދާޅުވީ އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް އެރުމުން ތަކުރާރުވާ ވަރަށް ގިނަ ކަންކަން ހުންނަ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ދީނީ ސިޔާސަތު ފުށުއަރުވާލުން ކަމަށެވެ.

އޭގެ ފަހުން ރާއްޖޭގެ ސިޔާދަތީ ބާރަށް އަސަރު ކުރާނެ އެއްބަސްވުންތައް ހަދާ ކަމަށް ޯރިގު ވިދާޅުވި އެވެ. އަދި މުއައްސަސާތައް ހިންގަން ތިބޭ ހުރިހާ ވެރިން އެއްފަހަރާ އިސްތިއުފާދީ ޤައުމު ހުއްޓުވާލުމަކީވެސް އެމްޑީޕީގެ ވެރިކަމުގައި ކުރާ ކަންކަން ކަމަށް ވިދާޅުވި އެވެ.

އެކަންކަމުގެ ތަފްސީލް ދެއްވަމުން ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އިސްތިއުފާދެއްވީ ހުރިހާ މިނިސްޓަރުން އެއް ފަހަރާ ކަމަށެވެ. އޭނާ ވިދާޅުވީ އިންޑިއާ އާއި އެކު ސަރުކާރުން ހަދާފައިވާ ސިއްރު އެއްބަސްވުންތައް ސިފައިންނާއި ފުލުހުންގެ އިތުރުން ރައްޔިތުންނަށް ހާމަވާ ދުވަހަކީ ރައީސް އިސްތިއުފާދެއްވާ ދުވަހަށް ވެދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް