އދ.މާފުށިވަރު ރިސޯޓު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ހުއްދަ ދިން އެންވާރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާ ހިލާފަށް މަސައްކަތް ކޮށްފައި ވާތީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މާފުށިވަރު ރިސޯޓު 402،500ރ. އިން ޖޫރިމަނާކޮށްފި އެވެ.
މާފުށިވަރު ރިސޯޓަކީ ޕެރެޑައިސް ރިސޯޓް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީ ކުރި ރިސޯޓެކެވެ.
އީޕީއޭ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއިން އދ. މާފުށިވަރު ރިސޯޓް އިތުރަށް ތަރައްޤީ ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ފާސްކޮށްފައިވާ ކޮންސެޕްޓަށް ހަދާފައިވާ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި އީޕިއޭ އިން އެ އެ މަޝްރޫޢަށް ދޫކޮށްފައިވާ ހުއްދަ އާއި ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ 16 ވަނަ މާއްދާގެ ދަށުން އަދި 'ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް ރިޢާޔަތްކޮށް ޖުމްލަ -/402,500 ރުފިޔާއިން ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވާ ކަމުގައެވެ.
އެގޮތުން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ އީޕީއޭ އަށް ދެއްކުމަށް އަންގާފައި ވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެ ރިސޯޓުން ވަނީ ޖޫރިމަނާ ފައިސާ ދައްކާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް