ސޫދާންގެ ގޯލްޑު މައިނެއް ހަލާކުވެ 38 މީހުން މަރުވެއްޖެ

ސޫދާންގައި ރަން ހޯދާ ދައުލަތުގެ ކުންފުނީގެ މައިނެއް ހަލާކުވެ 38 މީހުން މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ކޯޑޮފަން ޕްރޮވިންސްގައި އިއްޔެ އެވެ. ސޫދާން ސަރުކާރުގެ ކުންފުނިން ބުނީ މި ހާ...

29 Dec 2021 | 04:00

ސޫދާންގައި ރަން ހޯދާ ދައުލަތުގެ ކުންފުނީގެ މައިނެއް ހަލާކުވެ 38 މީހުން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ކޯޑޮފަން ޕްރޮވިންސްގައި އިއްޔެ އެވެ. ސޫދާން ސަރުކާރުގެ ކުންފުނިން ބުނީ މި ހާދިސާގައި އިތުރު ބަޔަކު ޒަހަމްވި ކަމަށެވެ. އެކަމަކު އަދަދު ހާމައެއް ނުކުރެ އެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ މައިނު ތެރެއިން ނަގާ މީހުންގެ ހަށިގަނޑުތައް ކައިރީ މީހުން އެއްވެ ތިބޭތަނެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ވަޅުގަނޑުން ނަގައިގެން ގެންދާތަން ފެނެ އެވެ.

ރަން ކުންފުނިން ބުނީ އެ މައިނަކީ މިހާރު ރަން ހޯދުމުގެ މަސައްކަތް ކުރާ މައިނެއް ނޫން ކަމަށެވެ. އެކަމަކު މަސައްކަތް ހުއްޓާލާފައި އޮތް މައިނެއްގެ ތެރެއަށް މީހުން ފައިބަން ޖެހުނު ސަބަބެއް ހާމައެއް ނުކުރެ އެވެ.

އެ ކުންފުނިން ދީފައިވާ އެ މައުލޫމާތަކީ ސައްހަ މައުލޫމާތުތަކެއް ނޫން ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުންނާއި ހަވާލަދީ ރިޕޯޓުތައް ބުނެ އެވެ.

އެމީހުން ބުނެފައިވާ ގޮތުގައި އެ ތަނުގައި ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ މައިނަށް ފައިބައި މަސައްކަތް ފެށީ ސެކިއުރިޓީން ފޮނުވައިގެން އެމީހުންނަށް މަޖުބޫރު ކުރުމުން ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް