ބަނގުރާ ކައްކަން ތިބި ބަޔަކު، ތަކެއްޗާއެކު ހައްޔަރުކޮށްފި

ގދ ވާދޫގައި ބަނގުރާ ކައްކަމުންދިޔަ ތިން މީހަކު ތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން 30 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފި...

29 Dec 2015 | 07:02

ގދ ވާދޫގައި ބަނގުރާ ކައްކަމުންދިޔަ ތިން މީހަކު ތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން 30 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި  މި ތިން މީހުންނަކީވެސް ދިވެހިން ކަމަށެވެ.

"މި ތިން މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އާއްމު ފަރާތަކުން ގދ. ވާދޫ ގެއެއްގެ ތެރޭގައި ބަނގުރާކައްކާ ކަމަށް ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ގދ.ވާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އައްނަ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 2015 ޑިސެމްބަރ 29 ވަނަ ދުވަހުގެ ރޭ 20:55 ހާއިރު" ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ގދ.ވާދޫން ބަލާފާސް ކުރިގެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 މިލި ލީޓަރުގެ ފުޅިއަކާއި ގްރެނިނީ ބްރޭންޑްގެ ފުޅިއެއް ފެނިފައިވާކަމަށާއި މި ގެއަށް ފުލުހުން ދިޔަ އިރުވެސް އެ ގޭގެ ބަދިގެ ތެރޭގައި ބަޔަކު ދިޔައީ ބަނގުރާ ކެއްކުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް