ފިރިމީހާގެ ފަރާތުން އަނިޔާ ލިބުނު އަންހެންމީހާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ

ގދ ތިނަދޫގައި ފިރިމީހާގެ ފަރާތުން ބޮޑެތި ޖިންސީ އަނިޔާތަކެއް ލިބުނު އަންހެންމީހާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ނިޔާވެފައިވަނީ މިރޭ 11:10 ހާއިރ...

28 Dec 2015 | 19:27

ގދ ތިނަދޫގައި ފިރިމީހާގެ ފަރާތުން ބޮޑެތި ޖިންސީ އަނިޔާތަކެއް ލިބުނު އަންހެންމީހާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ނިޔާވެފައިވަނީ މިރޭ 11:10 ހާއިރު އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ އޭނާ ނިޔާވިކަން  ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 11:20 ހާއިރު ކަމަށެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗް އައިސީޔޫގައި އެޑްމިޓް ކޮށްގެން އެ އަންހެންމީހާއަށް ފަރުވާދެމުން އަންނައިރު ފުލުހުން ކުރިން ފުލުހުން ބުނެފައިވަނީ އެއަންހެން މީހާ އަށް ޖިންސީ އަނިޔާކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ބަޔާން ނަގަން ޖެހޭ މީހުން ބަޔާން ނަގަމުން އަންނަ ކަމަށެވެ.

އަންހެން މީހާއަށް ޖިންސީ އަނިޔާ ކުރި މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހީމް ޝާހު މިމަހުގެ 13 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު އޭނަގެ ބަންދަށް ކޯޓުންވަނީ ތިންވަނަ ފަހަރަށް ހަތް ދުވަހަށް އިތުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް