މިއަދު ހަވީރު ލޮރީއަކުން އަމީނީ މަގަށް ގިނަ އަދަދެއްގެ ސޮފްޓް ޑްރިންކް ކޭސްތަކެއް ވެރިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އަމީނީމަގު ހުންގާނު ފިހާރު ކައިރީގައެވެ. ލޮރީގައި ހުރި ގިނަ އަދަދަކަށް ކޮކާ ކޯލާއާއި ސްޕްރައިޓް ދަޅު ކޭސްތައް މަގުމައްޗަށްވެރި ގިނަ އަދަދަކަށް ސޮފްޓް ޑްރިންކްވެސް މަގަށް ވެރިފައި ހުއްޓެވެ.
މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން އަދި މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް