ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކިބައިން މައާފަށް އެދި އިނގިރޭސި ވިލާތުން 20،000 ސްޓާރލިން ޕައުންޑު އޭނާ އަށް ދިނުމަށް ނިންމައިފިއެވެ.
އެގައުުމުގެ ސަރުކާރުން މިގޮތަށް ނިންމާފައިވަނީ އިނގިރޭސިވިލާތުގައި އޭނާ ހައްޔަރު ކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމާފައެވެ. އަދި 20،000 ސްޓަލިން ޕައުންޑަކީ އެކަމުގެ ބަދަލެއްގެ ގޮތުގައި ދޭން ނިންމި އެއްޗެއްކެވެ.
އެކަން ހާމަކޮށް އަލީ ވަހީދުގެ ގާނޫނީ ޓީމުން ނެރުނު ނޫސް ބަޔާނުގައި ވަނީ، އެ ބޭފުޅުންގެ މުވައްކިލު އިނގިރޭސި ވިލާތުގައި ހައްޔަރު ކުރެވުނު ހިސާބުން ވެސް އޭނާ ދިވެހިރާއްޖޭގެ ވެސް އަދި އިނގިރސިވިލާތުގެ ވެސް އެއްވެސް ގާނޫނަކާ ޚިލާފްވެފައި ނުވާނެކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށެވެ.
ގާނޫނާއި ޚިލާފަށް އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރު ކުރި މައްސަލާގައި އެގައުމުގެ ސަރުކާރުގެ މައްޗަށް ދައުވާކުރުމުގެ ކުރިން ގުޅިފައިވާ ވަކީލުންގެ ޓީމަކުން އެގައުމުގެ ސަރުކާރާއެކު ކުރި މަޝްވަރާތަކާއެކު، އެ ހައްޔަރަކީ ގާނޫނާއި ޚިލާފު ހައްޔަރެއްކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން އެއްބަސް ވެފައިވާކަމުގައެވެ.
މިކަމާއި ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ހައްޔަރު ކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމާ އިނގިރޭސި ސަރުކާރުން މައާފަށް އެދި އަދި ބަަދަލު ދޭން ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ޓުވީޓުގައި ވިދާޅުވެފައިވަނި ވަގުތު ނެގިއަސް ޙައްޤަށް ނަސްރު ލިބޭނެ ކަމަށާއި، ހަމްދު ކުރަނީ ހެއްދެވިފަރާތަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް