އައްޔަނުކުރިތާ ތިންވަނަ ދުވަހު މުގުނީ މަގާމުން ވަކިކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަލުން އެކުލަވާލި ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން، އެ ބޯޑަށް އައްޔަނުކުރި މުޤުނީ ވަކިކޮށްފިއެވެ. އެ ބޯޑަށް މުގުނީ އައްޔަނުކޮށްފައިވަނީ މި މަހުގެ 23 ވަނަ ...

29 Nov 2023 | 11:15

ރައީސް ޑރ. މުހައްމަދު މުއިއްޒު އަލުން އެކުލަވާލި ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން، އެ ބޯޑަށް އައްޔަނުކުރި މުޤުނީ ވަކިކޮށްފިއެވެ.

އެ ބޯޑަށް މުގުނީ އައްޔަނުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގައެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ތިން ދުވަހުގެ ތެރޭގައި މުގުނީ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ކުރި ހަސަން މުގުނީ އެ މަގާމަށް އައްޔަނުކުރުމާއެކު ސޯޝަލް މީޑިއާގައި އެއީ ރަނގަޅު ނިންމުމެއް ނޫންކަމަށްބުނެ ގިނަ ބަޔަކު ވާހަކަ ދައްކާފައިވެއެވެ.

މުގުނީ  އެ މަގާމުން ވަކިކޮށްފައިވާއިރު މުގުނީ ވެގެން މިދިޔައީ ޑރ. މުއިއްޒުގެ ސަރުކާރުން މަގާމަކަށް އައްޔަނުކުރުމަށްފަހު ވަކި ކުރި ތިންވަނަ ފަރާތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް