އެމް.ޕީ.އެލްގެ ސީ.އީ.އޯ އަށް ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ހޫނު މަރުޙަބާއެއް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ސީ.އީ.އޯގެ މަޤާމަށް އައްޔަންކުރެއްވި މުޙައްމަދު ވަޖީޙަށް ކުންފުނީގެ މުވައްޒަފުން މިއަދު ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެމް.ޕީ.އެލްގެ ސީ.އީ.އޯގެ މަޤާމާ ހަވާލ...

29 Nov 2023 | 10:26

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ސީ.އީ.އޯގެ މަޤާމަށް އައްޔަންކުރެއްވި މުޙައްމަދު ވަޖީޙަށް ކުންފުނީގެ މުވައްޒަފުން މިއަދު ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އެމް.ޕީ.އެލްގެ ސީ.އީ.އޯގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ސީ.އީ.އޯ ވަޖީޙް ރަސްމީކޮށް އޮފީހަށް ނިކުމެވަޑައިގަތީ މިއަދު ހެނދުނުގައެވެ.

އެމް.ޕީ.އެލްގެ ހެޑް އޮފީހުން ސީ.އީ.އޯ ވަޖީޙަށް މަރުޙަބާ ދެންނެވުމަށް ކުންފުނީގެ ޗެއަރމަން ކެޕްޓަން މުޙައްމަދު ޝަރީފާއި ކުންފުނީގެ އިސް މެނޭޖްމަންޓާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

އެމް.ޕީއެ.އެލްއިން ބުނެފައިވާގޮތުގައި ސީ.އީ.އޯ ވަޖީހް ވަނީ މިއަދު ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ ވެރިންނާއި، ސެކްޝަންތަކުގެ ވެރިންނާއި ސީނިއާ މުވައްޒަފުންނާ ބައްދަލުކުރައްވައިފައެވެ.

މީގެ ކުރިން ސީ.އީ.އޯ ވަޖީހް ވަނީ އެމް.ޕީ.އެލްގައި 2013 އިން 2022 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް މަސައްކަތްކުރައްވާފައެވެ. މި މުއްދަތުގެ ތެރޭގައި އެސިސްޓަންޓް ޗެއަރމަންގެ މަޤާމް ވަޖީޙް ވަނީ ފުރުއްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް