އީވާގެ މައްސަލަ އާދީއްތަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކުރުމަށް ނިންމައިފިއެވެ. އަންނަ އާދީއްތަދުވަހަށް މި މައްސަލަ އެޖެންޑާކުރުމަށް ނިންމާފައ...

29 Nov 2023 | 08:04

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކުރުމަށް ނިންމައިފިއެވެ.

އަންނަ އާދީއްތަދުވަހަށް މި މައްސަލަ އެޖެންޑާކުރުމަށް ނިންމާފައިވާއިރު މި މައްސަލައަކީ އެމްޑީޕީގެ 49 މެންބަރުންނާއި މނިވަން މެންބަރެއްކަމުގައިވާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲގެ ސޮޔާއެކު މި މަހުގެ 13 ވަނަ ދުވަހު ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގެ ނޯޓިސް އީވާއަށް މި މަހުގެ 20 ވަނަ ދުވަހު ފޮނުވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި ނޯޓިސް ފޮނުވާތާ 14 ދުވަހަށްފަހު މައްސަލަ ކުރިއަށްގެންދަން ޖެހެއެވެ.

އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ އާދީއްތައަށް އެޖެންޑާކޮށްފައިވާއިރު ހަމަ މިފަދަ މައްސަލައެއް ހުށަހަޅައި އެމްޑީޕީއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، ރައީސް މުހައްމަދު ނަޝީދު ވަކިކޮށްފައެވެ. އީވާގެ މައްސަލަ ހުށަހެޅިގެންދިޔައީ އެ މައްސަލާއި ގުޅޭ ކަންތައްތަކެއްގެ ތެރެއިންނެވެ.

އީވާގެ އިތުބާރުގެ މައްސަލަ ކުރިއަށްދާދުވަހު ޖަވާބުދާރީ ވުމަށް އީވާއަށް 30 މިނެޓުގެ ވަގުތުކޮޅެއް ދޭނެއެވެ. މި ވަގުތުކޮޅުގެ ބޭނުން އީވާ ހިއްޕަވާނެކަން ނުވަތަ ނޫންކަން އަދި އެނގިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް