ޤައުމީ ބޭންކުގެ އެހީގައި ޤައުމީ ކުތުބުޙާނާއަށް ބޮޑު ބަދަލެއް

ޤައުމީ ބޭން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ޤައުމީ ކުތުބުޙާނާ އަށް ބޮޑު ބަދަލެއް ގެނެސްދީފިއެވެ. އެގޮތުން ޤައުމީ ކުތުބުޙާނާ އިތުރަށް ފުރިހަމަކުރުމަށް ބީއެމްއެލްއިން ކުރިއަށްގެންދިޔަ މަ...

29 Nov 2023 | 07:46

ޤައުމީ ބޭން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ޤައުމީ ކުތުބުޙާނާ އަށް ބޮޑު ބަދަލެއް ގެނެސްދީފިއެވެ.

އެގޮތުން ޤައުމީ ކުތުބުޙާނާ އިތުރަށް ފުރިހަމަކުރުމަށް ބީއެމްއެލްއިން ކުރިއަށްގެންދިޔަ މަޝްރޫއުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެތެރޭގައި:-

  • ފުރަތަމަ ފަހަރަށް ލައިބްރަރީގައި ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކުރުން
  • ފޮތް ކިޔުމަށް އާންމުކޮށް ބޭނުންކުރާ ތަން ތަރައްގީކުރުން
  • ޒަމާނީ ވަސީލަތްތަކާ އެކު މުޅިން އަލަށް އޯޑިއޯ ރިކޯޑުކުރެވޭނެ ބޫތެއް ގާއިމްކުރުން
  • ގައުމީ ތަރިކައާ ގުޅުންހުރި ލިޔުންތަކާއި ފޮތްތައް ހުންނަ ކޮޓަރި ތަރައްގީކުރުން
  • ލައިބްރަރީގައި ހުރި ފޮތްތަކާއި ލިއުންތައް ޑިޖިޓަލްކުރުމުގެ މަސައްކަތަށް ބޭނުންވާ ހާއްސަ ސްކޭނަރެއް ބެހެއްޓުން
  • މަޝްވަރާތައް ކުރަން ހާއްސަކޮށްފައިވާ ބައި ތަރައްގީކުރުން
  • ސައިލެންޓް ރީޑިން ރޫމް ތަރައްގީކުރުން
  • ދިރާސާތައް ކުރުމަށް ހާއްސަކޮށްފައިވާ ކޮޓަރި ތަރައްގީކުރުން
  • ލައިބްރަރީގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރާ ކޮމްޕިއުޓަރުތައް އަޕްގްރޭޑުކުރުން
  • ލައިބްރަރީގެ އިނގިރޭސިފޮތް ބަހައްޓާފައި ހުންނަ ސެކްޝަން ތަރައްގީކުރުން

ޤައުމީ ކުތުބުހާނާ އަށް ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި ގެނެވުނު ޒަމާނީ ބަދަލުތައް ބައްލަވާލެއްވުމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާރލް ސްޓުމްކަ މިއަދު ކުތުބުހާނާއަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް