މޭޔަރު އަދި ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

މޭޔަރު އަދި މާލޭ ސިޓީ ކައުންސިލްތަކުގެ ބައި އިލެކްޝަނަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެގޮތުން އެ ޕާޓީން ބުނެފައިވަނީ މާލެ ސިޓީ ކައުންސިލ...

29 Nov 2023 | 05:01

މޭޔަރު އަދި މާލޭ ސިޓީ ކައުންސިލްތަކުގެ ބައި އިލެކްޝަނަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެގޮތުން އެ ޕާޓީން ބުނެފައިވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް މެންބަރުކަމަށް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި، މިޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ފޯމް މެދުވެރިކޮށް ޝައުޤުވެރިކަންފާޅު ކުރެއްވުންއެދޭކަމަށެވެ.

އެކަމަށް އެ ޕާޓީން ވަނީ ގޫގަލް ފޯމެއް ހިއްސާކޮށްފައެވެ.

ޝައުޤުވެރިކަންފާޅުކުރާ ފޯމް

އެމްޑީޕީން ބުނެފައިވަނީ ޝައުޤުވެރިކަންފާޅުކުރާ ފޯމް ފުރިހަމަކުރުމައްވުމަށްފަހު 01 ޑިސެމްބަރ 2023 ވާ ހުކުރު ދުވަހުގެ 16:00 ގެ ކުރިން ހުށަހެޅުއްވުން އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް