އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް100 މިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ. މި ލޯނު ރަމްޒީކޮށް ހަވާލު ކުރުން އޮތީ މިއަދު ފޮރިން މިނިސްޓްރީގައި އެވެ. ރަމްޒީކޮށް ލޯނު ހަވާލުކޮށްދެއްވީ  އެ ގައުމުން ރާއްޖެ ކަނޑ...

29 Nov 2022 | 16:56

އިންޑިއާ ސަރުކާރުން ރާއްޖެއަށް100 މިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ.

މި ލޯނު ރަމްޒީކޮށް ހަވާލު ކުރުން އޮތީ މިއަދު ފޮރިން މިނިސްޓްރީގައި އެވެ.

ރަމްޒީކޮށް ލޯނު ހަވާލުކޮށްދެއްވީ  އެ ގައުމުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރެވެ. ރާއްޖޭގެ ފަރާތުން އެ ލިޔުމާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ވަނީ ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 100 މިލިއަން އެމެރިކާ ޑޮލަރުގެ މާލީއެހީއަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް މިއަދުގެ ސަރުކާރުން ކުރަމުންގެންދާ އަގުހުރި މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި މިކަމުންވެސް ރަމްޒުކޮށްދެނީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އެދިފައިވަނީ ރަޢީސް އިބްރާޙީމް މުޙައްމަދު ސާލިޙް އޮގަސްޓް 2022 ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވުނު މަޝްވަރާތަކުގެ ތެރެއިންނެވެ.

މި ފައިސާގެ އެހީ ފޯރުކޮށްދީފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސް.ބީ.އައި އަށް ދޫކުރެވޭ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް