މާލޭގައި ހުރި ގަރާޖުތައް ހިންގަން ހުޅުމާލެއިން ބިން ދޭން ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ މިގޮތަށް ނިންމީ އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުމަށް ސަރުކާރާއި އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އެޗްޑީސީން ނިންމާފައިވަނީ މާލޭގައި ހިންގާ 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓޫގެ ބިން ދޭށެވެ. އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރާށެވެ.
މީގެ އިތުރުން، ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް ދެ ފަންގި ފިލާއަށް އިމާރާތްކުރެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.
މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަނެވެ. މި ގަރާޖުތަކުގައި ވެލްޑިންގ ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަންކޮށ، ްތަފާތު ކެމިކަލްތަށް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތަށް ހިގަން މެދުވެރިވެއެވެ.
އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރިކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ހައްލެއްކަމުގައި ގަބޫލު ކުރުމަށް އެޗްޑީސީން ބުނެ އެވެ. މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ނިންމި ނިންމުމެއް ކަމަށްވެސް ބުންޏެވެ.
މިމަހުގެ10 ވަނަ ދުވަހުގެ ރޭ ވަނީ ގަރާޖެއްގައި އަލިފާން ރޯވެ އެ ގަރާޖު ހުރި އިމާރާތުގައި އަލިފާން ރޯވެ މަތީ ފަންގިފިލާތަކުގައި އުޅުނު މީހުންގެ ތެރެއިން10 މީހުން މަރުވެފައި އެވެ. އެ ހާދިސާގައި މަރުވީ ހުސް ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް