ފީފާ ވޯލްޑް ކަޕް 2022 ގްރޫޕް އޭ: ގަދަ 16 އަށް ދެވެން އޮތް މަގުތަކަކީ ކޮބާ؟

ގްރޫޕްގެ އޭގެ ފަހު 2 މެޗު މިރޭ ކުޅޭނެއެވެ. އެއް ގަޑިއެއްގައި ކުޅޭ މި 2 މެޗުގައި ބައްދަލުކުރާނީ އެކުއެޑޯ-ސެނެގާލް އަދި ނެދަލެންޑްސް-ގަތަރު އެވެ. ތާރީޚް: 29 ނޮވެމްބަރ 2022 ގަޑި: 20:00 ސްޓޭޑިއަމް: އަލް ބ...

29 Nov 2022 | 08:25

ގްރޫޕްގެ އޭގެ ފަހު 2 މެޗު މިރޭ ކުޅޭނެއެވެ. އެއް ގަޑިއެއްގައި ކުޅޭ މި 2 މެޗުގައި ބައްދަލުކުރާނީ އެކުއެޑޯ-ސެނެގާލް އަދި ނެދަލެންޑްސް-ގަތަރު އެވެ.

ތާރީޚް: 29 ނޮވެމްބަރ 2022

ގަޑި: 20:00

ސްޓޭޑިއަމް: އަލް ބައިތު ސްޓޭޑިއަމް (ނެދަލެންޑްސް – ގަތަރު)

ސްޓޭޑިއަމް: ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް (އެކުއެޑޯ – ސެނެގާލް)

ގްރޫޕް: އޭ

ގްރޫޕް އޭ އަށް ނަޒަރެއް:

ގްރޫޕް އޭ އަށް ބަލާއިރު، އެއްވަނައިގައި އޮތް ނެދަލެންޑްސް އާއި ދެ ވަނައިގައި އޮތް އެކުއެޑޯއަށް ވެސް ލިބިފައިވަނީ 4 ޕޮއިންޓެވެ. ދެ ޓީމުގެ ފައިދާ ގޯލު ވެސް އެއްވަރެވެ. ދެ ޓީމު ބައްދަލުކުރި މެޗު (ހެޑް-ޓު-ހެޑް) އަށް ބަލާއިރު، އެ މެޗު ވީ އެއްވަރެވެ. އެހެންކަމުން މި ވަގުތު ނެދަލެންޑްސް މި ވަގުތު 1 ވަނައިގައި އޮތީ އެކުއެޑޯއަށްވުރެ ދެއްކި ކާޑު މަދުވުމުންނެވެ. 3 ވަނައިގައި އޮތް ސެނެގާލްއަށް 3 ޕޮއިންޓް ލިބިފައިވާއިރު، ގަތަރަށް އެންމެ ޕޮއިންޓެއް ވެސް ލިބިފައެއް ނުވެއެވެ.

ގަދަ 16 އަށް ދިއުމުގެ ފުރުސަތު އޮތީ ކޮން ބަޔަކަށް؟ ކޮން ގޮތަކުން؟

މި ގްރޫޕުން ގަތަރު އޮތީ ކަޓާފައެވެ. އެ ޓީމަށް ދެން ގަދަ 16 ޖާގަ ހޯދޭނެ ފުރުސަތެއް ނެތެވެ. އެހެންކަމުން މުބާރާތް ބާއްވާ ގައުމު ގަތަރު ވާހަކަ ދެއްކުމެއް ދެން ނެތެވެ.

ނެދަލެންޑްސްއަށް ބަލާއިރު، އެ ޓީމު ގަތަރު އަތުން ބަލިވުން ނޫން ކޮންމެ ނަތީޖާއެއް ހޯދިއަސް ރައުންޑް އޮފް 16 (ގަދަ 16) އަށް ދަތުރުކުރާނެއެވެ. ނެދަލެންޑްސް ބަލިވެއްޖެނަމަ، އެ ޓީމު ގަދަ 16 އަށް ކޮލިފައިވާނީ އެކުއެޑޯއިން ސެނެގާލް ބަލިކޮށްފިނަމައެވެ.

އެކުއެޑޯ ވެސް ގަދަ 16 އަށް ކޮލިފައިވުމަށް ބަލި ނޫން ކޮންމެ ނަތީޖާއެއް ވެސް ފުދޭނެއެވެ. އެ ޓީމު ބަލި ވެއްޖެނަމަ، ކޮލިފައިވާނީ ގަތަރު-ނެދަލެންޑްސް މެޗުން ގަތަރު މޮޅުވާ ހާލަތުގައެވެ.

ސެނެގާލްއަށް ބަލާއިރު، އެ ގައުމަށް ޔަގީން ކަމާއެކު ދެ ވަނަ ބުރަށް ދެވެން އޮތީ މޮޅެއް ވެގެންނެވެ. އެއްވަރު ވެއްޖެނަމަ، ހަމައެކަނި ކޮލިފައިވާނެ މަގަކީ ގަތަރުން ނެދަލެންޑްސް ބަލިކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް