ސްކޯ ދިމާކޮށްގެން ނަގުދު 10 ހާސް ރުފިޔާ ހޯދުމުގެ ފުރުސަތު

މިހާރު ކުރިއަށްދާ ވޯލްޑްކަޕުގައި ކުޅެވޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން ނަގުދު 10 ހާސް ރުފިޔާ ހޯދުމުގެ ފުރުސަތު ދުވަސް ނޫހުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅޭގޮތުން ނޫހުގެ މެނޭޖިން އެޑިޓަރ އަޒްމީ އަލީ ވިދ...

29 Nov 2022 | 07:31

މިހާރު ކުރިއަށްދާ ވޯލްޑްކަޕުގައި ކުޅެވޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން ނަގުދު 10 ހާސް ރުފިޔާ ހޯދުމުގެ ފުރުސަތު ދުވަސް ނޫހުން ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ނޫހުގެ މެނޭޖިން އެޑިޓަރ އަޒްމީ އަލީ ވިދާޅުވީ 10 ރުފިޔާ ލިބޭނޭހެން ސްކޯ ދިމާކުރުމުގެ ފުރުސަތު ދުވަހުން ހުޅުވާލީ ފުޓްބޯޅައަކީ އަބަދުވެސް ދިވެހިން ވަރަށް ބޮޑަށް ތަރުހީބުދޭ، ފޯރިނަނަގާ ކުޅިވަރަކަށްވެފައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގެ ފޯރި އިތުރު ގަދަކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

ގެސް ދަ ސްކޯ - ކުރިއަށްދާ ގޮތް

  • މެޗު ފެށުމުގެ ގާތްގަނޑަކަށް އެއް ގަޑިއިރު ކުރިން ދުވަސްގެ ފޭސްބުކް އަދި ޓްވިޓާގައި "ގެސް ދަ ސްކޯ" ޕޯސްޓް، ޕޯސްޓް ކުރެވޭނެ
  • ސްކޯ ގެސް ކުރާނެ ގޫގަލް ފޯމެއްގެ ލިންކް (ދުވަސްގެ މެއިން ޑޮމެއިން އިން ޝޯޓް ކުރެވިފައިވާ ލިންކެއް) ޕޯސްޓާއެކު ޝެއަރ ކުރެވޭނެ
  • ދުވަސްގެ ޕޯސްޓް ޝެއަރކޮށްލުމަށްފަހު، ފޯމް މެދުވެރިކޮށް، އެ މެޗެއްގެ ފުރަތަމަ ހާފު ނިމެންދެން ސްކޯ ފޮނުވަމުންދެވޭނެ
  • ދިމާކުރެވޭ ކޮންމެ ސްކޯއަކަށް ފަސް ޕޮއިންޓް ލިބޭނެ
  • ކޮންމެ ހަފްތާޔަކު އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ހަދިޔާއެއް، އަދި މުޅި މުބާރާތް ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ނަގުދު 10 ހާސް ރުފިޔާ ލިބިގެންދާނެ

ކޯދުވަސް ނޫހުން އަންނަނީ މި ވޯލްޑްކަޕާއި ގުޅިގެން އިތުރު ބައެއް ހަރަކާތްތައްވެސް ކުރިއަށްގެންދަމުންނެވެ. އެގޮތުން ގްރޫޕް ސްޓޭޖްތަކުގެ ސްޓޭންޑިންގްސް ޕޯސްޓްތައް ދުވަސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓް ކުރެވޭއިރު އެ ޕޯސްޓްތައް ޝެއަރ ކުރައްވައިގެން އޯޕަން ޓޭބަލް ކެފޭއިން ތަންދޫރީ ޗިކަން ޕެކެއް ހަމަ ކޮންމެ ދުވަހަކު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ކޮންމެ މެޗުތަކުގެ ފިކްސްޗާސް އާއި މެޗުގެ ސްކޯ، ފީފާ ހޮޓްޝޮޓްސްއާއެކު ދުވަސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓް ކުރާއިރު، އެ ޕޯސްޓްތައް ޝެއަރކުރައްވައިގެން ޕިއްޒާ ކިޗަންގެ ފަރާތުން ހަމަ ކޮންމެ ދުވަހަކު ޕިއްޒާ ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން ދުވަސް ނޫހުން ވަނީ ވޯލްޑްކަޕް ފެށުމުގެ ކުރިން ވޯލްޑްކަޕްގައި ކުޅޭ ޓީމުތަކުގެ ޕްރޮފައިލްތަކާއި ވޯލްޑްކަޕާއި ގުޅޭ އެހެނިހެން އިތުރު ހަބަރާއި މައުލޫމާތު ހިއްސާކޮށްފައެވެ. އަދި މިހާރު ކުޅެވެމުން އަންނަ މެޗުތަކުގެ މެޗް ޕްރިވިއު ތަކާއި މެޗު ނިމުމުން މެޗުގެ ހަބަރުތައް އަވަސް ސްޕީޑެއްގައި ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަކީ ދުވަސް ނޫހުގެ ސްޕޯޓްސް ޓީމުގެ މަގުސަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް