ބީބީސީގެ ނޫސްވެރިޔަކު ހައްޔަރުކޮށް އަނިޔާ ނުކުރާ ކަމަށް ޗައިނާއިން ބުނެފި

ޗައިނާ ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ބައިނަލްއަގުވާމީ ނޫސް އެޖެންސީ ބީބީސީގެ ނޫސްވެރިޔަކު ހައްޔަރުކޮށް، އަނިޔާކުރި މައްސަލައިގަ އެގައުމުގެ ސަރުކާރުން ރައްދު ދީފި އެވެ. ބީބީސީނ...

29 Nov 2022 | 03:52

ޗައިނާ ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ބައިނަލްއަގުވާމީ ނޫސް އެޖެންސީ ބީބީސީގެ ނޫސްވެރިޔަކު ހައްޔަރުކޮށް، އަނިޔާކުރި މައްސަލައިގަ އެގައުމުގެ ސަރުކާރުން ރައްދު ދީފި އެވެ.

ބީބީސީން ނެރުނު ބަޔާނެއްގައި ވަނީ ޗައިނާގެ ސިޓީއެއް ކަމަށްޗާ ޝެންހާއީގައި ކުރަމުންދާ މުޒާހަރާގައި އެމީހުންގެ ނޫސްވެރިޔާ އެޑް ލޮރެންސް ހައްޔަރުކުރި ކަމަށެވެ. ގަޑިއިރުތަކެއް ފަހުން އޭނާ ދޫކޮށްލީ އަނިޔާކޮށްފައި ކަމަށް ބީބީސީން ބުނެފައިވެ އެވެ.

އެބަޔާނަށް ރައްދު ދީ ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ބީބީސީގެ ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. މުޒާހަރާގެ ތެރެއިން ލޮރެންސް ހައްޔަރުކޮށް ފުލުހުންގެ އިދާރާއަށް ގެންގޮސް ސުވާލު ކުރި ކުރުމުގައިވެސް އޭނާ އަކީ ނޫސްވެރިޔެއްކަން އަދި ބީބީސީގެ ރިޕޯޓަރެއްކަން ހާމަކޮށްފައި ނުވާ ކަމަށެވެ.

އަދި ހައްޔަރު ކުރި އިރު ހުރީ އެކްރެޑިޓްކޮށްފައިވާ ޕްރެސް ފާހެއް އަޅައިގެންވެސް ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަކު ބީބީސީން ވަނީ އެ ވާހަކަ ދޮގޮށް، ނޫސްވެރިޔާ ހައްޔަރު ކުރި އިރު އެކްރެޑިޓް ކޮށްފައިވާ ފާސް އަޅައިގެން ހުރި ކަމަށް ބުނެފައި އެވެ.

ޗައިނާ ފޮރިން މިނިސްޓްރީން ބުނީ ބީބީސީގެ ބަޔާނުގައި ވާ ކަންކަމާއި ކަން ހިނގާދިޔަ ގޮތާއި ދިމާނުވާ ކަމަށެވެ. މިނިސްޓްރީން ބުނީ ހައްޔަރު ކުރި ލޮރެންސް ހުރީ މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ކަމަށާއި ހައްޔަރު ކުރީ އެ ސަރަހައްދު ދޫކޮށްދާން ބުނުމުންވެސް މުޒާހަރާގެ ބައިވެރިންނާއި އެކު އޭނާ މަޑު ކުރުމުން ކަމަށެވެ.

ބައިނަލްއަގުވާމީ ނޫސްވެރިންނަށް ޗައިނާގައި މަސައްކަތް ކުރެވޭނީ ސަރުކާރުން ދޫކުރާ އެކްރެޑިޓް ފާހެއް ލިބިފައި އޮތް ނަމަ އެވެ. އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާޙަރާގެ ތެރެއިން އެ ފާސް އަޅާފައި ތިިބި އެހެން ނޫސްވެރިންތަކެއްވެސް ހައްޔަރުކޮށްގެން ގެންދިޔަ އެވެ.

ޗައިނާ ސަރުކާރާއި ދެކޮޅަށް އެ ގައުމުގައި މުޒާހަރާތައް ފަށާފައި ވަނީ ކޯވިޑް ފިޔަވަޅުތައް އުވާނުލައިގެންނެވެ. ޝެންހާއީއަކީ އެންމެ ވަރުގަދައަށް އެ މުޒާހަރާތައް ކުރަމުންދާ ސިޓީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް