އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަނީ

29 Oct 2026 | 18:28
އަލީ އިބްރާހިމް --

އަލީ އިބްރާހިމް --

އިންޑިއާގެ ޓްރިވެންޑްރަމަށް ބޭސް ފަރުވާއަށް ގޮސް އުޅުނު ދުވަސްވީ ދިވެއްސަކު ގެއްލިގެން ހޯދަމުން އެބަދެ އެވެ.

ގެއްލިގެން އުޅެނީ ރ. މީދޫ، އަތަމާގޭ އަލީ އިބްރާހިމް (އައްޔަބެ) އެވެ. އާއިލާ މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އައްޔަބެ ގެއްލުނީ މިއަދު ފަތިހު 5:30 ހާއިރުން ފެށިގެންނެވެ.

އައްޔަބެ އެންމެ ފަހުން ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓެއް ކަމަށް ވެސް ބުންޏެވެ. އައްޔަބެއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އަންގައިދޭން ވެސް އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް