"ވާގިނެތް" މީހެއްގެ ގަޔަށް ޖަހަން އުޅުނު ބޮޑު އިންޖެކްޝަނަކުން ސަލާމަތްވާން އުޅުނު ގޮތަށް ބޮޑު ސަމާލު ކަމެއް!

29 Oct 2026 | 06:04
ވާގިނެތިފައިވާ މީހާއަށް އިންޖެކްޝަން ދައްކަނީ --

ވާގިނެތިފައިވާ މީހާއަށް އިންޖެކްޝަން ދައްކަނީ --

އިންޓަނެޓްގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މަގުމަތީ ސަލާން ޖަހަމުން ދިޔަ ވާގިނެތް، ބަލި މީހެކެވެ.

އޭނާގެ ފައިކޮޅު ބެޑުޝީޓަކުން ނިވާކޮށްފައި އޮތް އިރު ކައިރީގައި މީހުން ލާރި އަޅަން ތައްޓެއް ހުއްޓެވެ، ބައެއް މީހުން އަޅާފައި ހުރި ލާރި އާއި ފައިސާގެ ނޫޓު އޭގައި ހުރި އިރު އެމީހާ ދިޔައީ މަގުމަތީގައި ކޫއްތެމުން މީހުން ކައިރީ ލާރިއެއް ދިނުމަށް އާދޭސް ކުރަމުންނެވެ.

އެތަނަށް ދިޔަ ދެތިން ފިރިހެނަކު ވަނީ އާދަޔާ ހިލާފު ބޮޑު އިންޖެކްޝަނެއް ދެއްކުމަށް ފަހު ވާގިނެތޭ ބަލިން އެ އިންޖެކްޝަން ޖެހުމުން ރަނގަޅުވާނެ ކަމަށް ބުނެގައި އެވެ. އަދި ވާގި ނެތޭ ބަލި ޖެހުނު ގޮތާއި ކުރިން ފަރުވާ ކުރިންތޯ ސުވާލު ކުރި އެވެ.

އިންޖެކްޝަން ފެނުމާއި އެކު އެމީހާ ކުޑަކޮށް ފަހަތަށް ޖެހިލި ނަމަވެސް އެމީހުންގެ ބަހަށް ނުހެދި އޮވެވޭތޯ ބެލިކަން ވީޑިއޯއިން ފެނެ އެވެ. އެންމެ ފަހުން ވާގިނެތިފައި އޮތް މީހާ ފުންމައިގެން ތެދުވެ ދުއްވައި ގަންނަތަން ދެއްކީ އެމީހުން އެ އިންޖެކްޝަން ނުޖަހާ ދޫނުކުރާނެ ކަމަށް ހީކޮށެވެ.

އެމީހާ ދުއްވައިގަނެ ފިލައިގެން ދިޔަ އިރު އެމީހުން ވާގިނެތިފައި އޮތް މީހާ ގަޔަށް އިންޖެކްޝަން ޖަހާ ވާހަކަ ދައްކަމުން ދިޔައީ ހެމުން ކަމުން އެ ނުޖަހާނެކަން ޔަގީންވާނެ އެވެ.

މީސް މީޑިއާގައި މި ވީޑިއޯ ހިއްސާކުރި ފަރާތްތަކުން ވަނީ ތަފާތު މަޖާ ކޮމެންޓުތައް ކޮށްފައެވެ. އެގޮތުން އެމީހާއަށް ދިން ފަރުވާ ކާމިޔާބުވީކަން ޔަގީން. ކަމަށް ބުނެފައިވެ އެވެ.

އެ ވީޑިއޯއިން އެ މީހާއަށް ވާގި ނެތުމުގެ ބައްޔެއް ނުވަތަ އެ ނޫން ވެސް ސިއްޙީ މައްސަލައެއް ހުރި ކަމެއް ކަށަވަރެއް ނުވެއެވެ. ހާދިސާ ހިނގި ތަނެއް ވެސް ސާފެއް ނުވެއެވެ. ބލެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް