ތަންތަނަށް ގެއްލުންދިނުމުގެ މައްސަލަތަކުގައި ފާއިތުވި އަހަރެއްހާ ދުވަހު އެންމެ ގިނައިން ހައްޔަރުކުރި ރަޒީނު އަނެއްކާވެސް ހައްޔަރު !

ތަންތަނަށް ގެއްލުންދިނުމުގެ މައްސަލަތަކުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނައިން ހައްޔަރުކޮށްފައިވާ އެކަކު ކަމުގައިވާ މ. ސްޓާރ މުޙައްމަދު ރަޒީނު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ހޯމަ...

29 Oct 2025 | 13:49
ރަޒީން މިފަހަރު ހައްޔަރުކޮށްފައިވަނީ އައިޖީއެމް ހޮސްޕިޓަލަށް ވަދެ ބައެއް ތަކެއްޗަށް ގެއްލުންދިން ކަމަށް ބެލެވޭ މައްސަލައެއްގައި -

ރަޒީން މިފަހަރު ހައްޔަރުކޮށްފައިވަނީ އައިޖީއެމް ހޮސްޕިޓަލަށް ވަދެ ބައެއް ތަކެއްޗަށް ގެއްލުންދިން ކަމަށް ބެލެވޭ މައްސަލައެއްގައި -

ތަންތަނަށް ގެއްލުންދިނުމުގެ

މައްސަލަތަކުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނައިން ހައްޔަރުކޮށްފައިވާ

އެކަކު ކަމުގައިވާ މ. ސްޓާރ މުޙައްމަދު ރަޒީނު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ހޯމަ ދުވަހުގެ

ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ އައިޖީއެމްހޮސްޕިޓަލަށް ވަދެ އެތަނުގެ ތަކެއްޗަށް

ގެއްލުންދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

ރަޒީނުގެ ބަންދަށް ހަތް

ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާއިރު ރަޒީނަކީ މި ބާވަތުގެ ބަންދު ލޮގް އޮތް

ފަރާތަކަށްވުމުން، ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރުކުރުމުގެ އިޙްތިމާލް އޮތްކަމަށް

ބެލެވޭ ކަމުގައި ބަންދު އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރަޒީނު އާއި ގުޅުންހުރި

މިފަދަ ބައެއް މައްސަލަތަކަށް ބަލާއިރު މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި

ކެފޭއަކަށް ވަދެ ބިއްލޫރި ރެކެއް ތަޅާލުން، މި އަހަރުގެ އޯގަސްޓް މަހު އެމްޑީޕީގެ

ހަރުގެއަށް ގެއްލުން ދިނުން ހިމެނެއެވެ.

މިދިޔަ އަހަރު ފަހުކޮޅާއި

ގުޅޭ މިފަދަ މައްސަލަތަކަށް ބަލާއިރު ކުރީގެ އަނބިމީހާ މަސައްކަތްކުރާ

އޮފީހަށްގޮސް އަޑުގަދަ ކުރުމާއި ކުރީގެ އަނބިމީހާ ދިރިއުޅޭ ގޭގެ ދޮރުހަލާއްކު

ކޮށްލުމާއި، މިދިޔަ އަހަރު ފަހުކޮޅު އައިޖީއެމް ހޮސްޕިޓަލުގެ ތެރޭގައި

އަޑުގަދަކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމާއި ހަޑިހުތުރު ބަހުން

މުއާމަލާތް ކުރުމުގެ މައްސަލަ ހިމެނެއެވެ.

ރަޒީނަކީ ނަފްސާނީ

ބައްޔަށް ބޭސް ފަރުވާކުރާ މީހެއްކަން ކުރީގެ ބައެއް މީޑިއާ ރިޕޯޓްތަކުގައި

ރިޕޯޓުކޮށްފައި ވެއެވެ.

ބަލި ހާލަތާއި ގުޅިގެން

ފާހަގަކުރާ ކަންކަމާ ގުޅިގެން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން

ބޭސްފަރުވާގެކަންކަން ކުރިއަށް ގެންދިއުމަށް އައި.އޯއަށް އަންގާފައިވާނެ ކަމުގައިވެސް

ހޯމަ ދުވަހުގެ ބަންދު އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް