ކޮބާ ފުލުހަކާއެކު ކޮފީއަކަށް ގޮސްލަން ބޭނުންތަ ! އަނެއްކާވެސް މިއޮތީ އެ ފުރުޞަތު

އެކުވެރި މާހައުލެއްގައި ބައްދަލުވެލާ ވާހަކަ ދައްކާލަން ފުލުހުން ކުރިއަށްގެންދާ "ފުލުހަކާއެކު ކޮފީއެއް" މި ބުރާސްފަތި ދުވަހުވެސް ކުރިއަށްގެންދަން ނިންމައިފިއެވެ. މިކަން ހާމަކޮށް ފުލުހުން މިއަދު ބުނެފައ...

29 Oct 2025 | 10:41
ފުލުހަކާއެކު ކޮފީއެއް ހަރަކާތުގެ ތެރެއިން -

ފުލުހަކާއެކު ކޮފީއެއް ހަރަކާތުގެ ތެރެއިން -

އެކުވެރި މާހައުލެއްގައި

ބައްދަލުވެލާ ވާހަކަ ދައްކާލަން ފުލުހުން ކުރިއަށްގެންދާ "ފުލުހަކާއެކު

ކޮފީއެއް" މި ބުރާސްފަތި ދުވަހުވެސް ކުރިއަށްގެންދަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ފުލުހުން

މިއަދު ބުނެފައިވަނީ މިއީ އެންމެނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށާއި މިފަހަރުގެ

ކޮފީ އޮންނާނީ އޮކްޓޯބަރު 30 ވާ ބުރާސްފަތި ދުވަހު ކަމަށެވެ.

"އޮކްޓޯބަރު 30،

ބުރާސްފަތި، ހުޅުމާލެ ދެވަނަ ފިޔަވަހި، ވިނަރެސް 5، ކޮފީ މޭޓް" ފުލުހުން

ބުނެފައިވެއެވެ.

އެ ދުވަހުގެ ހަވީރު 04

އިން 05:30 އަށް ފުލުހަކާއެކު ކޮފީއެއް ބޯލާ ސުވާލެއް ކޮށްލާ މައުލޫމާތު އޮޅުން

ފިލުވުމުގެ ފުރުޝަތު "ފުލުހަކާއެކު ކޮފީއެއް" އިން ލިބިގެންދާނެކަމުގައި

ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް