ސަބީހާ އަހްމަދު -
ޕްރައިވެޓައިޒޭޝަން އެންޑް
ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން ސަބީހާ އަޙްމަދު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ
ބޯޑަށް ޢައްޔަންކުރައްވައިފިއެވެ.
ސަބީހާއަކީ ވިޒިޓް މޯލްޑިވްސްގެ
ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ) ގެ މަޤާމު ފުރުއްވަމުންގެންދަވާ ބޭފުޅެކެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި
ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ސަބީހާ އަޙްމަދު ވަނީ މީގެކުރިން ޖުމޭރާ ގްރޫޕް،
ފެއަރމޮންޓް މޯލްޑިވްސް، އަދި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް ފަދަ ބޮޑެތި ރިސޯޓުތަކުގައި
ސޭލްސް އެންޑް މާކެޓިންގ ދާއިރާގައި މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުން، ވިޒިޓް
މޯލްޑިވްސްއާ ގުޅިވަޑައިގަތުމުގެ ކުރިން އެކަމަނާ ވަނީ ހިލްޓަން ހޮޓެލްސް އެންޑް ރިޒޯޓްސްގައި
ސީނިއަރ ސޭލްސް މެނޭޖަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ.
ދުނިޔޭގެ ފެންވަރުގެ އެންމެ
މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ކުރިއަރަމުންދާ މި ދަނޑިވަޅުގައި،
ސަބީހާ ވިޒިޓް މޯލްޑިވްސްގެ އެގްޒެކެޓިވް ބޯޑަށް ޢައްޔަންކުރެއްވުމަކީ ބޯޑަށް މާގެޓިންގ
ދާއިރާއިން އިތުރު ތަޖުރިބާއާއި ހުނަރުތަކެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.
ދައުލަތުގެ ކުންފުނިތައް ހަރުދަނާކޮށް، ގާބިލު އަދި ތަޖުރިބާކާރު ބޭފުޅުން
މުހިންމު މަޤާމުތަކަށް ޢައްޔަންކުރުމަކީ މި ސަރުކާރުގެ މުހިންމު މަޤްސަދެކެވެ. މި ޢައްޔަންކުރެއްވުމަކީވެސް
އެ މަޤްސަދު ހާސިލުކުރުމަށް ކުރެވުނު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް